Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯޒޭ މޮރީނިއޯ

ޕްރިމިއާ ލީގުގެ ފޭވަރިޓުންނަކީ އަދިވެސް ޗެލްސީ: މޮރީނިއޯ

19 އޯގަސްޓު 2017 | ހޮނިހިރު 05:58

މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ޗެލްސީ ފެންނަނީ ވަރުގަދަކޮށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޯގަސްޓު 2017 | ހޮނިހިރު 05:58
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ

މި ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ފޭވަރިޓުންނަކީ ޗެލްސީކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވަނީ މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ޗެލްސީ ފެންނަނީ ވަރުގަދަކޮށް ކަމަށާއި އެ ޓީމުން ދިޔަ ކުޅުންތެރިންގެ ބަދަލުގައި އެ ޓީމާ އަލަށް ގުޅިފައިވަނީ މާ މޮޅު ކުޅުންތެރިންކަމަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީއަށް ކުޅުނު ނެމެންޔާ މަޓިޗް ވަނީ އެ ޓީމު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އެހެން ނަމަވެސް ޗެލްސީއިން ވަނީ އޭނާ ނެތްތަން ފޫ ބެއްދުމަށް މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު ބަކަޔޯކޯ ގެނެސްފައެވެ.

ސީޒަނުގެ ކުރީކޮޅުގައި ޗެލްސީއަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން މުހިންމު ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑާއި ޕެޑްރޯ އަނިޔާގެ ސަބަބުން ޕްރިމިއާ ލީގުގައި ޗެލްސީގެ ފުރަތަމަ މެޗުގައި ކުޅެފައެއްނުވެއެވެ.

އެހެން ނަމަވެސް މޮރީނިއޯ ވަނީ މިފަދަ މައްސަލަތަށް ދިމާވި ކަމުގައި ވިޔަސް އަދިވެސް ލީގުގެ ފޭވަރިޓުންނަކީ ޗެލްސީކަމަށް ބުނެފައެވެ. އެގޮތުން އެ ޓީމަށް ގެނެސްފައިވަނީ މޮޅު ކުޅުންތެރިން ކަމަށާއި މިކަމުގެ ސަބަބުން މި ސީޒަނުގައި ޗެލްސީ ފެނިގެންދަނީ މާ ވަރުގަދަކޮށް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވެސް މޮރީނިއޯ ބުނެފައި ވަނީ ޗެލްސީއިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ކަމުގައި ވިޔަސް އެ ޓީމުން ޕްރިމިއާ ލީގަށް ފަރުވާ ކުޑަ ނުކުރާނެ ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންކަން ހޯދީ ޗެލްސީ ކަމަށާއި އެހެންކަމުން މި ސީޒަނުގައި އެ ޓީމުން ކުޅޭނީ ތަށި ދިފާއު ކުރަން ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޗެލްސީގެ ކޯޗުކަން ކޮށްފައެވެ. އަދި އޭނާވަނީ އެ ޓީމާ އެކު އަށް ތަށި ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް