Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ ބަލިކޮށް، އެޓަލަންޓާ ދެ ވަނަ އަށް

3 ޑިސެމްބަރު 2024 | އަންގާރަ 04:40

މޮޅާއެކު އެޓަލަންޓާ އިން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން 31 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2024 | އަންގާރަ 04:40
މެޗުގައި ލަނޑު ޖެހުމަށްފަހު އެޓަލަންާޓާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެޓަލަންާޓާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެޓަލަންޓާ އިން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެޓަލަންޓާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އެޓަލަންޓާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އެ ޓީމުގެ އާޓެމް ޑޮބީކް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަށް ނިންމާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެޓަލަންޓާ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ މާޓެން ޑީ ރޫން އެވެ. އޭގެ ފަހުން ވެސް ރޯމާ އިން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އެޓަލަންޓާ އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެޓަލަންޓާ އަށް އެ ލަނޑު ޖަހައިދިނީ ނިކޮލޯ ޒަނިއޯލޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހުއާން ކުއާޑްރާޑޯ އެވެ.

މޮޅާއެކު އެޓަލަންޓާ އިން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން 31 ޕޮއިންޓާ އެކު އެވެ. އެޓަލަންޓާ އަތުން ބަލިވި ރޯމާ އޮތީ 14 މެޗުން 13 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. މޮޅާއެކު އެޓަލަންޓާ އިން ވަނީ އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓަކާ ގާތަަށް ޖެހިލައިފި އެވެ. މިހާތަނަށް ކުޅެފައިވާ 14 މެޗުން ނަޕޯލީ އަށް ލިބެނީ 32 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް