Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ފަހު މެޗުން މޮޅުވެ އައްޑޫ ދެ ވަނަ ބުރަށް

މޮޅާއެކު އައްޑޫ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، އެ ޓީމު އޮތީ ވެސް ގުރޫޕު ސީގެ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2024 | އަންގާރަ 04:16
އައްޑޫ އާއި ހުރާ ކުޅުނު މެޗުގެ ތެރެއިން

އައްޑޫ އާއި ހުރާ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި އައްޑޫ ސިޓީން ކުޅުނު ފަހު މެޗުގައި ކ.ހުރާ ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އައްޑޫ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އޭގެ ކުރިން މި ގުރޫޕުގައި ކ.ގުރައިދޫ އަދި ޅ.ކުރެންދޫއާ ދެކޮޅަށް އައްޑޫ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހުރާއާ ދެކޮޅަށް ކުޅުނު މެޗުގައި އައްޑޫ އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. އައްޑޫގެ ހާޒިމު ފައުޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ލަނޑު ޖެހީ އިބްރާހީމް ވަޙީދު ޙަސަން (އިއްބެ) އެވެ. މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް އައްޑޫ އަށް ވަނީ ލިބިފަ އެވެ. އަނެއްކޮޅުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ހުރާ އިން ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހުރާ އަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވި އެވެ.

މޮޅާއެކު އައްޑޫ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، އެ ޓީމު އޮތީ ވެސް ގުރޫޕު ސީގެ އެއް ވަނައިގަ އެވެ. އެއީ ގުރޫޕުގައި ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ހުރާ ވެސް ތިން މެޗު ކުޅެފައިވާއިރު، ތިން ޕޮއިންޓާ އެކު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ގުރައިދޫ އަށް ހަތަރު ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ކުރެންދޫ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕުގެ ފަހު މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ އާއި ކުރެންދޫ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު