Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ތިން ވަނައިގައި ތިމަރަފުށި ދެ ވަނަ ބުރަށް

3 ޑިސެމްބަރު 2024 | އަންގާރަ 04:15

މޮޅާއެކު ތިމަރަފުށިން ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، ގުރޫޕުގެ ތިން ވަނަ އެ ޓީމަށް ލިބެނީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2024 | އަންގާރަ 04:15
ތިމަރަފުއްޓާއި ތުޅާދޫ ކުޅުނު މެޗުގެ ތެރެއިން

ތިމަރަފުއްޓާއި ތުޅާދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ބ.ތުޅާދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތ.ތިމަރަފުށި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގުރޫޕު ބީގައި ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ތިމަރަފުށިން ކާމިޔާބު ކުރީ 4-2 އިންނެވެ. މި މެޗާ ކުރިމަތިލީއިރު، ދެ ޓީމު ވެސް ވަނީ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެހެންވެ އެ މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕުގެ ތިން ވަނައިގައި ދެ ވަނަ ބުރުގެ ފުރުސަތު ލިބެން އޮތެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ތިމަރަފުށިންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ޒިޔާން އެވެ. މެޗުގައި ތިމަރަފުށީގެ އަނެއް ތިން ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. އަދި މި ހާފުގައި ތުޅާދޫ އިން ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ތިމަރަފުށީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިބްރާހީމް ސިނާހު އެވެ.

އޭގެ ފަހުން ތިމަރަފުށީގެ އާދަމް ނާސިހު ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި، އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ތުޅާދޫގެ ފުރަތަމަ ލަނޑު ޖެހީ އަޙުމަދު ރަޝީދު އެވެ. އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑަކީ ތިމަރަފުށީގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބައި ކޮޅަށް ވަތް ލަނޑަކީ އަނޫފު އަޙުމަދު އަތުން ވަތް ލަނޑެކެވެ. އޭގެ ފަހުން މެޗުގައި ތިމަރަފުށީގެ ހަތަރު ވަނަ ލަނޑު ޖެހީ އަޙުމަދު އަފްލާޒް އެވެ.

މޮޅާއެކު ތިމަރަފުށިން ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، ގުރޫޕުގެ ތިން ވަނަ އެ ޓީމަށް ލިބެނީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ދެ ވަނަ ބުރުގެ ޖާގަ ބ.އޭދަފުށިން ހޯދިއިރު، ދެ ވަނައިގައި ދެ ވަނަ ބުރުން ޖާގަ ހޯދީ މާލޭ ސިޓީ އެވެ. މިއާއެކު ގުރޫޕު ބީގެ ހުރިހާ މެޗެއްގެ ކުޅުން މި ވަނީ ނިމިފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް