Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް ދެ ވަނަ އަށް ޖެހިލައިފި

މޮޅާ އެކު އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅުނު 13 މެޗުން 25 ޕޮޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2024 | އާދީއްތަ 06:03
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް މަގަޅައެސް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ލެއާންޑްރޯ ޓްރޮސާޑް އެވެ. އޭގެ ހަތް މިނެޓު ފަހުން އާސެނަލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މާޓިން އޮޑެގާޑް އެވެ.

އާސެނަލްގެ ތިން ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން، ކައި ހަވާޓްޒް ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެެވެ. އެއީ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ވެސްޓް ހޭމް އިން ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އާރޮން ވަން ބިސާކާ އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އެމަސަން ޕަލްމިއޭރީ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ ސަކާ އެވެ.

މޮޅާ އެކު އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅުނު 13 މެޗުން 25 ޕޮޮއިންޓާ އެކު އެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް ލިބެނީ 31 ޕޮއިންޓެވެ. އާސެނަލްގެ ފަހަތުން ތިން ވަނައިގައި އޮތް ބްރައިޓަން އަށް ލިބެނީ 23 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު