Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯއްޗާއި ފްލެޓްގެ މައްސަލަ

ފްލެޓާއި ގޯތި މައްސަލައިގައި އެނގިގެން ދަނީ ރައީސްގެ ދޮގުވެރިކަން - އާއްމުން

މުޒާހަރާގެ ބައިވެރިން ވަނީ ހައުސިން މިނިސްޓަރ ހައިދަރު އަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕަޕެޓެއް ކަަމަށް ސިފަކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ނޮވެމްބަރު 2024 | ހޮނިހިރު 03:51
ރަސްފަންނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ރަސްފަންނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ފްލެޓާއި ގޯތި މައްސަލައިގައި މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެނގިގެން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދޮގުވެރިކަންކަމަށް ގޯއްޗާއި ފްލެޓްގެ މައްސަލައިގައި މުޒާހަރާ ކުރަމުންދާ އާއްމުން ބުނެފިއެވެ.

އާއްމުން އެފަދައިން ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައެވެ. ފްލެޓާއި ގޯތި ދޫނުކުރާ މައްސަލާގައި ރަސްފަންނު ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެއްވެ އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިހާރު ވެސް ދިރިއުޅެމުން މިދަނީ ވަރަށް ހާލުގައި ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އެގޮތުން އެއް ކޮޓަރި އެއްގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އާއްމުން ވަނީ ފްލެޓާއި ގޯތި ނުދީ ސަރުކާރުން ލަސްކުރަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ފާހަގަކޮށް އެކަމަށް ފާޑު ކިޔާފައެވެ. އަދި އާއްމުން ވަނީ ސަރުކާރުގެ އިސް ބައެއް ވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ. ގޯއްޗާއި ފްލެޓު ދިނުމުގައި މިސަރުކާރުން އިހުމާލުވަމުންދާކަމަށާއި ކަންކަމުގެ ހަގީގަތް ހާމަ ނުކުރާ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ދޭން ނިންމި 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ ލަސްކޮށްފައެވެ. އާއްމުން ވަނީ އުސޫލުން ބޭރުން ފްލެޓް ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނާ އިރު އުސޫލާއި އެއްގޮތަށް ލިބުނު މީހުންނަށް ވެސް ފްލެޓް ނުލިބެންވީ ސަބަބެއް ނެތް ކަމަށް ފާހަގަކުރައްވާފައެވެ. ފްލެޓް ދީފައި ވަނީ ފްލެޓް ދިނުމުގެ ކުރިން އިއުލާން ކުރި އުސޫލާއި އެއްގޮތަށް ދީފައިވާ ފްލެޓްތައް މި ސަރުކާރަށް އަތު ނުލެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނުން ކަމަށް އާއްމުން ވަނީ ބުނެފައެވެ. ރައްޔިތުން ފޯމު ހުށަހެޅީ ވެސް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށާއި އެއްވެސް މީހެއްގެ ފޯމް ގޯސްކޮށް އޮތްކަން ސަރުކާރަށް މިހާތަނަށް އައިސްފައިވާ އިރު ސާބިތުކޮށް ނުދެވޭ ކަމަށް އާއްމުން ވަނީ ބުނެފައެވެ. މި ފްލެޓްތައް އަތުލަން އުޅުމަކީ ދިވެހިންގެ ލެޔާއި ކުޅުން ކަމަށް އެ މުޒާހަރަގެ ބައެއް ބައިވެރިން ވަނީ ސިފަކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށެވެ. ގޯއްޗާއި ފްލެޓް ނުދީ ހިފެހެއްޓުމަކީ އެތައް ބައެއްގެ ހައްގުތައް ހިފެހެއްޓުންކަމަށް އާއްމުން ވަނީ ބުނެފައެވެ.. ގޯއްޗާއި، ފްލެޓު ނުދީ ލަސްވާ ކޮންމެ ދުވަހަކީ އެތައް ހައްގެއް ގެއްލިގެންދާ ދުވަހެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހައުސިން މިނިސްޓަރ ހައިދަރު އަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕަޕެޓެއް ކަަމަށް ސިފަކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު