Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑް ކަޕް

ދެ ވަނަ މެޗުން ވެސް މޮޅުވެ މާލޭ ސިޓީ ދެ ވަނަ ބުރަށް

މޮޅާއެކު މާލޭ ސިޓީން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކުރީ މިހާތަަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2024 | ބުދަ 04:42
މެޗުގައި ލަނޑު ޖެހުމަށްފަހު މާލޭ ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މާލޭ ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ބީގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، މާލޭ ސިޓީން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މާލޭ ސިޓީ ބައްދަލުކޮށްފައި ވަނީ ބ.ތުޅާދޫއާ އެވެ. އެ މެޗުގައި މާލޭ ސިޓީން ވަނީ 5-0 އިން ތުޅާދޫ ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާލޭ ސިޓީން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި އެ ޓީމުގެ އަނެއް ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގައި މާލޭ ސިޓީ އަށް ލީޑު ލިބުނީ ތުޅާދޫގެ ޝަމްވީލް މުޙައްމަދު (ބޮންޑާ) އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު އެވެ. މެޗުގައި މާލޭ ސިޓީގެ ދެ ވަނަ ލަނޑު ޖެހީ މުޙައްމަދު ޔަޒްދާން ޙުސެއިން އެވެ. ފުރަތަމަ ހާފުގައި ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި މާލޭ ސިޓީގެ ރިޟްވާން ވަޙީދު ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ މާލޭ ސިޓީގެ އަހުނަފް މުޙައްމަދު ތަސްނީމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި އަހުނަފް ވަނީ މާާލޭ ސިޓީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި މާލޭ ސިޓީގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ވެސް ޖެހީ މުޙައްމަދު ނާއިލް އެވެ. މެޗުގައި ނާއިލް ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުުންތެރިޔެއްގެ ގޮތުގަ އެވެ. މި ދެ ލަނޑު ވެސް ނާއިލް ޖެހީ ގާތް ގާތުގަ އެވެ.

މޮޅާއެކު މާލޭ ސިޓީން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކުރީ މިހާތަަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ހަތަރު ޓީމު ހިމެނޭ މި ގުރޫޕުގެ ދެ ވަނައިގައި އޮތީ ބ.އޭދަފުއްޓެވެ. ތިން ވަަނައިގައި ތ.ތިމަރަފުށި އޮތްއިރު، ފުލުގައި އޮތީ ތުޅާދޫ އެވެ. ދެ ޓީމަށް ވެސް މިހާތަނަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު