Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ޞަލާހު ބުނީ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް

މިހާތަނަށް އެއްބަސްވުން އައު ކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ވެސް ޞަލާޙު ބުންޏެވެ. ޞަލާޙު ބުނީ އެކަމަކީ އޭނާގެ އަތް މަތީގައި އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2024 | ބުރާސްފަތި 04:28
ލިވަޕޫލަށް ކުޅެމުން އަންނަ މުޙައްމަދު ޞަލާޙު

ލިވަޕޫލަށް ކުޅެމުން އަންނަ މުޙައްމަދު ޞަލާޙު

ލިވަޕޫލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވާން އަންނައިރު، މިހާތަނަށް އައު އެއްބަސްވުމެއްގެ ވާހަކަ ނުދެކެވޭ ކަމަށާއި، އެހެންކަމުން ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޓީމަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ބުނެފި އެވެ.

ރޯމާ ދޫކޮށްލުމަށްފަހު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެންމެ ފަހުން އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޞަލާޙުގެ މުސްތަޤުބަލާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން އޭނާ ބުނީ، ލިވަޕޫލްގައި އޭނާ ހުންނަތާ އެތައް އަހަރެއްވެފައިވާ ކަމަށާއި، އެ ކުލަބަކީ އޭނާ އަށް ޚާއްސަ ކުލަބެއް ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްބަސްވުން އައު ކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ވެސް ޞަލާޙު ބުންޏެވެ. ޞަލާޙު ބުނީ އެކަމަކީ އޭނާގެ އަތް މަތީގައި އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

މިހާތަނަށް އައިއިރު ލިވަޕޫލް އިން ޞަލާހު އަށް އައު އެއްބަސްވުމެއް ނުވަތަ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޞަލާޙު ވަނީ ބުނެފަ އެެވެ. ޞަލާޙު ބުނީ ލިވަޕޫލް ސަޕޯޓަރުން ދެކެ އޭނާ އިންތިހާ އަށް ލޯބިވާ ކަމަށާއި، ސަޕޯޓަރުން ވެސް އޭނާ ދެކެ އިންތިހާ އަށް ލޯބިވާކަން އިނގޭ ކަމަށެވެ. އެކަން ފާހަގަކޮށް ޞަލާހު ބުނީ އޭނާ އަންނަނީ އޭނާ އަށް ވީ އެންމެ ފުރިހަމަ އަކަށް ކަންކަން ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި، ކުލަބަކަށްޓަކައި އެތައް ކަމެއް ކުރަން އޭނާ ބޭނުންވެފައި ހުރި ކަމަށެވެ.

މިހާތަނަށް ލިވަޕޫލާ އެކު ހާދަކޮށްފައިވާ އަށް ސީޒަންގެ ތެރޭގައި ޞަލާޙު ވަނީ އެ ކުލަބަށް ކުޅެދިން 368 މެޗުގައި 223 ލަނޑު ޖަހައިފަ އެެވެ. ލިވަޕޫލާ އެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. މިވަގުތު ލިވަޕޫލްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާ އެއް ކުޅުންތެރިޔަކީ ވެސް ޞަލާޙު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު