Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ޒަކިއްޔާ މޫސާގެ މަރު

ޒަކިއްޔާ މަރަށް ދެމަހަށް ވުރެ ގިނަ ދުވަސް، ފުލުހުންގެ ބަހެއް ނުލިބުމުން ރައްޔިތުން މަގުމައްޗަށް

25 ނޮވެމްބަރު 2024 | ހޯމަ 17:53

މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ނޮވެމްބަރު 2024 | ހޯމަ 17:53
ޒަކިއްޔާ މަރަށް އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

ޒަކިއްޔާ މަރަށް އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅަދޫ، ޒަކިއްޔާ މޫސާ މަރު މައްސަލާގައި އިންސާފު ހޯދުމަށް އެރަށުގެ ރައްޔިތުން މަގު މައްޗަށް ނުކުމެއްޖެއެވެ.

ހޯމަ ދުވަހުގެ ހަވީރު 4:15 ގައި ޒަކިއްޔާ އާއިލާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެ މަރަށް އިންސާފު ހޯދުމަށް ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

މިމަރާ ގުޅޭގޮތުން އިތުރު މައުލޫމާތު ފުލުހުން ނުދޭ ކަމަށާއި، ޒަކިއްޔާ މަރުވި ގޮތް ހާމަކުރުމަށް އެދިފައިވެއެވެ. އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި، މިއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް ކަމަށް ހިނގާލުމުގެ ބައިވެރިން ބުނެފައިވެއެވެ.

ކަޅު ހެދުމުގައި ނުކުތް ހިނގާލުމުގެ ބައިވެރިން ބުނެފައިވަނީ ޒަކިއްޔާ މަރުގެ މައްސަލާގައި އާއިލާގެ ފަރާތުން ފުލުހަށް ދިޔަ ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، އިންސާފު ލިބުން ވަރަށް ލަސްވެފައިވާ ކަމަށެވެ. މިއީ ލިބޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައިވެއެވެ. އަދި ގާތިލް ހައްޔަރުކޮށް، ޒިންމާ ނެގުމަށް ވަނީ ގޮވާލާފައެވެ.

ޒަކިއްޔާގެ މަރާ ގުޅޭގޮތުން ފުލުހުން އެންމެފަހުން މައުލޫމާތު ދީފައިވަނީ 18 ސެޕްޓެންބަރ 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، އޮޓޮޕްސީ ނުހަދަން ނިންމީ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުން ކަމަށެވެ. އެދުވަހު ވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަކޮށްފައިނުވެއެވެ.

ޒަކިއްޔާ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރެވެ.

ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް