Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ސިއްރު ކޮމިޓީ އެއް ބާއްވާ، އީސީ އާއި އޭސީސީގެ ބައެއް މެމްބަރުން ވަކިކުރަން ނިންމައިފި

އެ ކޮމިޓީގައި ނިންމީ ނާސިހު ވަކިނުކުރުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ނޮވެމްބަރު 2024 | އާދީއްތަ 11:41
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ސިއްރު ކޮމިޓީ އެއް ބާއްވާ، އީސީ އާއި އޭސީސީގެ ބައެއް މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމީ އެ ކޮމިޓީގައި ކުރިއަށް ގެންދާ މަސައްކަތުގެ އެޖެންޑާ ވެސް ހާމަ ކުރުމަކާއި ނުލައެވެ. ކޮމިޓީ ފެށުމާއި އެކު މެމްބަރުންގެ ހާޒިރީ އާއްމުކުރުމަށްފަހު، މުގައްރިރު ވަނީ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް އެދިލައްވާފައެވެ. މިއީ މަޖިލީހުގެ އާއްމުކޮށް ކޮމިޓީ ހިންގާ އުސޫލާއި ޚިލާފަށް ކުރިކަމެއްކަން ފާހަގަކޮށްލެވެއެވެ. ކޮމިޓީގެ މަސައްކަތްތައް ސިއްރުކުރަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި އާއި މީހެއްގެ އަބުރަށް އުނިކަން އައުން ފަދަ ހައްސާސް މައްސަލަތަކުގައި އެކަންޏެެވެ. އެ ހާލަތުގައި ވެސް ކޮމިޓީ ސިއްރުކުރާ ސަބަބު ސާފުކޮށް ކޮމިޓީ އިން ބަޔާންކޮށްދެއެވެ. ނަމަވެސް އާދިއްތަ ދުވަހު އަމަލުކުރީ މި ހުރިހާ އުސޫލަކާއި ޚިލާފަށެވެ.

Advertisement - newsAdvertisement

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ހުށަހަޅުއްވާ، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ތާއީދުކުރައްވައިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ފަހު ކޮމިޓީގައި ކުރިއަށް ގެންދިޔައީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންތަކެއް ވަކި ކުރުމުގެ މަސައްކަތެވެ. އެގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ކޮމިޓީގެ މެމްބަރަކު ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމްގެ އިތުރުން އޭސީސީގެ މެމްބަރު ތޯހާ މުހައްމަދު މަޤާމުން ވަކިކުރުމަށް އާދިއްތަ ދުވަހު ނިންމިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އިލެކްޝަންސްގެ ނައިބު ރައީސް އަލީ ނަޝާތު ވަކިކުރުމަށް ވެސް އެ ކޮމިޓީގައި ނިންމާފައިވެއެވެ. ހަމައެހެންމެ އީސީގެ މެންބަރުން ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ވަކިކުރުމަށް ވެސް އާދިއްތަ ދުވަހު ވަނީ ނިންމާފައެވެ.

އީސީގެ ނައިބު ރައީސާއި ބައެއް މެމްބަރުން ވަކިކޮށްފައި މި ވަނީ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އޮކްޓޯބަރު 22, ގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅާ މި ހިސާބަށް އައި އިރު ވެސް އެ މީހުންނާއި މެދު ބަލަމުންދާ ސުލޫކީ މައްސަލަ އެއް ވެސް ސާފެއް ނޫނެވެ.

އާދިއްތަ ދުވަހު ސިވިލް ސަރވިސް ކޮމިޝަން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް ބެލިއެވެ. އެހެންނަމަވެސް ކޮމިޓީގައި ނިންމީ އޭނާ ވަކި ނުކުރުމަށެވެ. އެ ކޮމިޓީގައި ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.

މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން، (އީސީ) ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ބަދަލު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއޭސީސީމަޖިލިސް20އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު