Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެދުއިރުމަތީގެ ހާލަތު

ޣައްޒާގެ ހޮސްޕިޓަލެއް އިޒްރޭލުގެ ހިޞާރުގެ ދަށުގައި، ލުބުނާނުގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ 'ކުރިއަށް'

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 43,985 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 13:08
ރާމަﷲ ގެ ކައިރީގައިވާ އަލް-މަޒްރާ އަލް-ޣަރްބިޔާ އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަނދާ ހުލިވެފައިވާ ކާރުތަކެއް

ރާމަﷲ ގެ ކައިރީގައިވާ އަލް-މަޒްރާ އަލް-ޣަރްބިޔާ އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަނދާ ހުލިވެފައިވާ ކާރުތަކެއް

ޣައްޒާގެ އުތުރުގައިވާ ކަމާލް އަދުވާން ހޮސްޕިޓަލް އިޒްރޭލު ސިފައިން ހިސާރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސާމް އަބޫ ސާފި އާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވަނީ، ހޮސްޕިޓަލަށް އެއްވެސް އެއްޗެއް ވެއްދުން މަނާ ކޮށްފައިވާ ކަމަށާއި، ބޭސް، ސިއްހީ އޮފިޝަލުން، ކާބޯތަކެތި، އެމްބިއުލާންސް އަދި ސިވިލް ޑިފެންސްގެ ޚިދުމަތްތެރިންނަށްވެސް ހޮސްޕިޓަލަށް ވަނުން އިޒްރޭލު ސިފައިން މަނާކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން އެހީ ހޯދުމަށް ގުޅުމުން ވެސް ކޮށްދެވޭ ކަމެއް ނެތް ކަމަށް ބުނާ ކަމަށެވެ.

"ދިރި ތިބި މީހުން ދިރި ތިބީ، މަރުވާ މީހުން މަރުވަނީ،" ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރގައި ވަރަށް ނާޒުކު ހާލަތެއްގައި ތިބި 6 މީހުން އެބަތިބި ކަމަށާއި، އަދި ކާންބޯން ނުލިބުމުގެ ސަބަބުން އަނަރޫފަ ވެފައިވާ 17 ކުއްޖަކު އިމަޖެންސީ ރޫމަށް ގެނެސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ. އެހެން ނަމަވެސް ހަރުކަށި ހިސޯރުގެ ސަބަބުން އެއްވެސް ފަރުވާ އެއް ދެވޭނެ ގޮތެއް ނެތް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އަނެއްކޮޅުން ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ އެމެރިކާގެ ސަފީރު އެމޯސް ހޮކްސްޓައިން ބެއިރޫތުގައި ދެ ދުވަސް ވަންދެން ހުންނެވުމަށްފަހު، މިރޭ އިޒްރޭލަށް ދަތުރުކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގައި އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީ އާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު، ހޮކްސްޓައިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތަކުގެ ތަފްސީލު ހާމަ ނުކުރައްވާނެ ކަމަށެވެ.

ހިޒްބުﷲގެ ލީޑަރު ނައީމް ޤާސިމް ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ ގުޅޭގޮތުން ބަޔާނެއް ދެއްވާނެ ކަމަށް ބެލެވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާ ގައި ހުންނަވާ ވާހަކަ ދައްކަވަމުން ހަމާސް އިން ދެން ޣައްޒާ ހިންގުމުގެ ކަންކަން ނުބަލަހައްޓާނެ ކަމަށާއި، އަދި ޣައްޒާގައި ރަހީނު ކޮށްފައިވާ އިޒްރޭލުގެ މީހުން ހޯދައިދީފި ނަމަ 5 މިލިއަން ޑޮލަރުގެ އިނާމެއް ދެއްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ.

އަނެއްކޮޅުން އިޒްރޭލުގެ ބާރުތަކުން ލުބުނާނުގެ ދެކުނުގައި ލުބުނާނުގެ ތިން ސިފައިން މަރާލައިފިއެވެ. އަދި އެ ޤައުމުގައި ހުންނަ އދ. ގެ ސުލްހަ ބެލެހެއްޓުމުގެ މިޝަން (ޔުނިފިލް) އިން ބުނެފައިވާ ގޮތުގައި ދެކުނު ލުބުނާނުގައި ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ގާނާ އަށް ނިސްބަތްވާ ހަތަރު ސިފައިން ރޮކެޓް ހަމަލާއެއްގައި ޒަޚަމްވެފައިވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 43,985 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން 104,092 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާނުގައި، ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުގެ ހަމަލާތަކުގައިކުގައި މަދުވެގެން 3,544 މީހުން މަރުވެ، 15,036 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާއިޒްރޭލް-ލުބުނާން ހަނގުރާމަ ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު