Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާއި ޚިލާފުވާ ބިދޭސީން

ކ. ތިލަފުށީގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެންގޮސްފި

އިމިގްރޭޝަންގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ހިމެނޭހެން އެ ޚާއްސަ ރެއިޑްގައި ބައިވެރިވެފަވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ނޮވެމްބަރު 2024 | ހޮނިހިރު 04:57
ބިދޭސީން  އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެންދިއުން

ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެންދިއުން

ކ. ތިލަފުށީގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެންގޮސްފިއެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންދިޔައީ ހުކުރު ދުވަހު ކަމަށެވެ. މީގެ އިތުރުން ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓާސްކް ފޯސް އިން ވަނީ ހުކުރު ދުވަހުގެ ހެނދުނު ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފަ ކަމަށެވެ.

އެ އިދާރާ އިން ބުނީ އެ އިދާރާގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ހިމެނޭހެން އެ ޚާއްސަ ރެއިޑްގައި ބައިވެރިވި ކަަމަށް އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ރެއިޑުގައި ޗެކްކުރީ 257 ބިދޭސީން ކަމަށެވެ. އަދި އޭގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި 22 މީހަކަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން މިހާރު ފަށާފަވާއިރު މިއޮޕަރޭޝަނާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ގަވާއިދާ ހިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުން ކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި އޭގެތެރެއިން މިހާތަނައް ގަވައިދާ ހިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިގްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

އިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2025

ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.

30 ޖެނުއަރީ 2025
ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.
25 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި

25 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި
24 ޑިސެމްބަރު 2024

ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

24 ޑިސެމްބަރު 2024
ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
22 ޑިސެމްބަރު 2024

ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި

22 ޑިސެމްބަރު 2024
ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު