Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

ސަރުކާރުގެ ޚަރަދު 41.59 ބިލިއަނަށް، ހިންގުމުގެ ހޭދަ މައްޗަށް، ތަރައްގީގެ ޚަރަދު ދަށަށް!

17 ނޮވެމްބަރު 2024 | އާދީއްތަ 11:14

އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. އެއީ ޖުމްލަ ޚަރަދުގެ 71 އިންސައްތަ ނުވަތަ 28.1 ބިލިއަން ރުފިޔާއެވެ.

ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 11:14
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު - މަތިބަރު ސަރުކާރަށް ދައުލަތުގެ ބެޖެޓުން ކުރަން ޖެހޭ ހޭދަ ވަނީ އިތުރުވެފައި

ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު - މަތިބަރު ސަރުކާރަށް ދައުލަތުގެ ބެޖެޓުން ކުރަން ޖެހޭ ހޭދަ ވަނީ އިތުރުވެފައި

7 ނޮވެމްބަރުގެ ނިޔަލަށް 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 41.59 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުނު އެންމެ ފަހުގެ ހަފްތާ މާލީ ރިޕޯޓުގައިވާ ގޮތުން، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދު ކުރި 41.2 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ލޯނު އަނބުރާ ދެއްކުމަށް ކުރެވުނު ޚަރަދުތައް ނުހިމަނާ، ދައުލަތުގެ ޚަރަދު 39.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ފިނޭންސްގެ ރިޕޯޓުން ފާހަގަ ވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. އެއީ ޖުމްލަ ޚަރަދުގެ 71 އިންސައްތަ ނުވަތަ 28.1 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ޚަރަދުގެ ތެރެއިން މުސާރައާއި އެލަވަންސް އަދި ޕެންޝަނަށް 11.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 16.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މުސާރަ އާއި އެލަވަންސްތަކަށް މި ސަރުކާރުން ކޮށްފައިވާ ހޭދަތައް އިތުރުކަން ފިނޭންސްގެ ހިސާބުތަކުން ފާހަގަ ވެއެވެ. އޭރު މުސާރައާއި އެލަވަންސްތަކަށް ޚަރަދު ކޮށްފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި އިދާރީ ޚަރަދުތަކަށް 16.2 ބިލިއަން ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތަރައްޤީގެ މަޝްރޫޢުތަކަށް ޖުމްލަ 8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 10.2 ބިލިއަން ރުފިޔާއަށްވުރެ 2.2 ބިލިއަން ރުފިޔާ މަދު އަދަދެއްކަން ފާހަގަ ކުރެވެއެވެ.

އާމްދަނީގެ ގޮތުގައި، 2024 ވަނަ އަހަރު މިހާތަނަށް ދައުލަތަށް 29.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތްގޮތުން 6.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 565 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަޅާކިޔާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީ ހިމަނައިގެން ލިބުނު އާމްދަނީގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 28.9 ބިލިއަން ރުފިޔާއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފާސްކުރި 5.5 ބިލިއަން ރުފިޔާ ހިމަނައިގެން 2024 ވަނަ އަހަރަށް ފާސްކުރެވުނު މުޅި ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2020

ދައުލަތުގެ ރިކަރަންޓް ހަރަދު 1.6 ބިލިއަނަށް!

21 ފެބުރުއަރީ 2020
ދައުލަތުގެ ރިކަރަންޓް ހަރަދު 1.6 ބިލިއަނަށް!
20 ފެބުރުއަރީ 2020

އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 573 މިލިއަން ރުފިޔާ ޚަރަދުކޮށްފި

20 ފެބުރުއަރީ 2020
އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 573 މިލިއަން ރުފިޔާ ޚަރަދުކޮށްފި
20 ފެބުރުއަރީ 2020

މިދިޔަ ހަފްތާ ނިމުނުއިރު ލިބުނު އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކޮށްފައިވަނީ 33.6 މިލިއަން ރުފިޔާ

20 ފެބުރުއަރީ 2020
މިދިޔަ ހަފްތާ ނިމުނުއިރު ލިބުނު އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކޮށްފައިވަނީ 33.6 މިލިއަން ރުފިޔާ
09 ފެބުރުއަރީ 2020

ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި

09 ފެބުރުއަރީ 2020
ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި
16 ޖެނުއަރީ 2020

އަހަރުގެ ފުރަތަމަ ހަފުތާގައި ލިބުނީ 87 މިލިއަން ރުފިޔާ، ޚަރަދުކުރީ 219 މިލިއަން ރުފިޔާ

16 ޖެނުއަރީ 2020
އަހަރުގެ ފުރަތަމަ ހަފުތާގައި ލިބުނީ 87 މިލިއަން ރުފިޔާ، ޚަރަދުކުރީ 219 މިލިއަން ރުފިޔާ
18 ޖޫން 2019

މޭ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

18 ޖޫން 2019
މޭ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
12 މެއި 2019

ފުރަތަމަ ހަތަރު މަސް ތެރޭގައި ދައުލަތަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

12 މެއި 2019
ފުރަތަމަ ހަތަރު މަސް ތެރޭގައި ދައުލަތަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
30 ސެޕްޓެމްބަރު 2018

2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު

30 ސެޕްޓެމްބަރު 2018
2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު
28 ޖޫން 2018

ތެޔޮ ރިގްތައް ނައްތާލުމަށް ކުރާ ޚަރަދުން ދެ ބިލިއަން ޑޮލަރު ކުޑަވެއްޖެ

28 ޖޫން 2018
ތެޔޮ ރިގްތައް ނައްތާލުމަށް ކުރާ ޚަރަދުން ދެ ބިލިއަން ޑޮލަރު ކުޑަވެއްޖެ
21 މާރިޗު 2018

ނޫސްވެރިކަމަށް 300 މިލިއަން ޑޮލަރު ގޫގްލް އިން ޚަރަދުކުރަނީ

21 މާރިޗު 2018
ނޫސްވެރިކަމަށް 300 މިލިއަން ޑޮލަރު ގޫގްލް އިން ޚަރަދުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް