Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ހުޅުމާޅެ

އަނެއްކާވެސް ހުޅުމާލެއިން ބިން ވިއްކަނީ

ހުޅުމާލެއިން ބިންވިއްކުމަށް 2021 ގައި ކުރީ ސަރުކާރުން ހުޅުވާލުމުން، އެ ތަނަކީ މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި، މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަން ދެނީ އެޗްޑީސީގެ އާމްދަނީ އިތުރު ކުރުމަށް ކަމަށް ވިދާޅުވެ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 16:19
ހުޅުމާލެ ބިން ހިއްކަމުން ދިޔަ އިރުގެ މަންޒަރެއް

ހުޅުމާލެ ބިން ހިއްކަމުން ދިޔަ އިރުގެ މަންޒަރެއް

ހުޅުމާލެއިން އަނެއްކާވެސް ބިން ވިއްކަން ބުރާސްފަތި ދުވަހު ހުޅުވާލައިފިއެވެ.

މިއީ ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ހުޅުމާލެއިން ބިން ވިއްކަން ހުޅުވާލި ދެވަނަ ފަހަރެވެ. އެންމެ ފަހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ވިއްކަން ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ފަހަރު ހުޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކުމަށް ހުޅުވާލިއެވެ.

މި ފަހަރު ބީލާމުގެ އުސޫލުން 8 ބިން ވިއްކާލަން ނިންމާފައިވާކަމަށް (އެޗްޑީސީ އިން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނެފައިވަނީ ބިން ގަނެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ކުންފުންޏެއް ނަމަ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ކަމަށެވެ.

ވިއްކާލަން ހުޅުވާލާފައިވާ 8 ބިމުގެ ތެރެއިން 2 ބިމަކީ ބީޗް ފްރަންޓުން ވިއްކާ ބިން ކަމަށާއި އަނެއް 6 ބިމަކީ ބީޗް ސައިޑުން ވިއްކާ ބިން ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިމެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާ ކަމަށާއި، އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް ބީލަން ހުށަހެޅިދާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ހުޅުމާލެއިން ބިންވިއްކުމަށް 2021 ގައި ކުރީ ސަރުކާރުން ހުޅުވާލުމުން، އެ ތަނަކީ މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި، މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަން ދެނީ އެޗްޑީސީގެ އާމްދަނީ އިތުރު ކުރުމަށް ކަމަށް ވިދާޅުވެ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކުން އޭރު މުއިއްޒު ސިފަ ކުރެއްވީ "މާލެ ރައްޔިތުން ނިކަމެތިކުރުން" ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެތޭ ޕެސިފިކްގެ ކެބިން ކްރޫ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ!

ކެތޭ ޕެސިފިކްގެ ކެބިން ކްރޫ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ!

30 މާރިޗު 2018
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި

17 ޖެނުއަރީ 2018
އެއަރ އެޝީއާގެ ފްލައިޓް އަނެއްކާވެސް ކެންސަލްކޮށްފި

އެއަރ އެޝީއާގެ ފްލައިޓް އަނެއްކާވެސް ކެންސަލްކޮށްފި

29 ޑިސެމްބަރު 2017
ހިއްސާދާރުންނަށް، އެމްޓީސީސީން އަނެއްކާވެސް ހިއްސާ ވިއްކަން ފަށަނީ

ހިއްސާދާރުންނަށް، އެމްޓީސީސީން އަނެއްކާވެސް ހިއްސާ ވިއްކަން ފަށަނީ

15 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު