Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް ވާރލްޑް ޗެމްޕިއަންޝިޕް 2024

ކެރަމް ވާރލްޑް ޗެމްޕިއަންޝިޕް: ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ރާއްޖޭގެ ދެ ޓީމު ވެސް ޖާގަ ހޯދައިފި

މުބާރާތުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ރާއްޖޭގެ ދެ ޓީމު ޖާގަ ހޯދާފައިވާއިރު، ސެމީ ފައިނަލްގައި ދެ ޓީމު ވެސް ބައްދަލު ކުރަން ޖެހެނީ ސްރީ ލަންކާއާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ނޮވެމްބަރު 2024 | ބުދަ 05:43
ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމު އަދި ފިރިހެން ޓީމު

ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމު އަދި ފިރިހެން ޓީމު

ހަ ވަނަ ކެރަމް ވާރލްޑް ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ރާއްޖޭގެ ފިރިހެން ޓީމު އަދި އަންހެން ޓީމު ވެސް ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ ކެލަފޯނިއާގައި މިހާރު ކުރިއަށްދާ ކެރަމް ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުގައި ހިމެނެނީ ޙަސަން ނާޒިމް، އިބްރާހީމް ހުޖާން އަލީ، އިސްމާއީލް އަޒްމީން އަދި މުޙައްމަދު މުންތަސިރު އެވެ. އަދި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ވިދާދު، އައިޝަތު ނައުފާ، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާ އެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ރާއްޖޭގެ ދެ ޓީމު ޖާގަ ހޯދާފައިވާއިރު، ސެމީ ފައިނަލްގައި ދެ ޓީމު ވެސް ބައްދަލު ކުރަން ޖެހެނީ ސްރީ ލަންކާއާ އެވެ. އެގޮތުން ޓީމު އިވެންޓުގެ ސެމީ ފައިނަލްގައި އަންހެން ޓީމުން ލަންކާއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ އެވެ. އަދި ޓީމު އިވެންޓުގެ ސެމީ ފައިނަލްގައި ފިރިހެން ޓީމުން ލަންކާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހު އެވެ.

ވާރލްޑް ޗެމްޕިއަންޝިޕުގެ ކުރިން ރާއްޖޭގެ ކެރަމް ޓީމުން ވަނީ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. އެގޮތުން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް (ނާނަ) ރިހި މެޑަލް ހޯދި އެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު