Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރބަން ސެންޓަރު

އާރބަން ސެންޓަރުތައް ކަނޑައެޅީ ކައުންސިލްތަކާއި މަޝްވަރާކުރުމެއް ނެތި: ވައްޑެ

12 ނޮވެމްބަރު 2024 | އަންގާރަ 18:38

މުޅި ސަރުކާރުގެ ތެރެއިން ފެންނަނީ ރޭވުންތެރިކަމާއެކު، ކައުންސިލްގެ ނިޒާމަކީ މުޅި ދައުލަތަށް އޮތް ބުރައެއް ތަކުލީފެއްކަމަށް ދައްކަވާތަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ނޮވެމްބަރު 2024 | އަންގާރަ 18:38
ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަހީދު (ވ) އަދި ޝުޖާއު (ކ)

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަހީދު (ވ) އަދި ޝުޖާއު (ކ)

ގައުމީ ތަރައްގީ ޕްލޭނަށް ރައްޔިތުންނާއި ޕާޓީތަކާއި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އާބަން ސެންޓަރުތައް ކަނޑައެޅީ ކައުންސިލްތަކާއި މަޝްވަރާކުރުމެއް ނެތި ކަމަށް ދަ ޑިމޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންބޮޑުވާ ކަންތައްތަކެއް ސަރުކާރުންކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވިއްކި ސިޔާސަތު ނުވަތަ މެނިފެސްޓޯ އަދި ރައްޔިތުން ކައިރީގައިވި ވައުދުތައް ފުއްދަންޖެހޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ލާމަރުކަޒީ ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި ގުޅިގެން ލައްކަ ވާހަކަތައް ދެއްކެވި ކަމަށެވެ.

Advertisement - newsAdvertisement

އަދި ވޯޓު ހޯއްދަވަން ވެވަޑައިގެންނެވި ވައުދުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކަށް ވެވަޑައިގެންނަވާނެ ވައުދު ކަމަށާއި، ނަމަވެސް ވެރިކަމަށް ވަޑައިގެން އަހަރެއް ވެގެންދިޔަ އިރު ފެނިގެންދަނީ ބޮކްސިންގ ބޭގެއްގައި ތަޅާހެން ލާމަރުކަޒީ ނިޒާމުގައި ތަޅާ ޗެމްޕިއަނަކަށްވާން މަސައްކަތްކުރައްވާތަން ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އާބަން ސެންޓަރު ހެދުމުގެ ނަމުގައި ރަށްތަކެއް އިއުލާންކުރުމުގެ އެއްދުވަސްކުރިން ގައުމީ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވަނި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ހިޔާލާ މަޝްވަރާތައް ބޭނުންވާ ކަމަށެވެ. ނަމަވެސް އާބަން ސެންޓަރުތައް ކަނޑައެޅުމުގައި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ނެޝަނަލް އެސެމްބްލީ މެންބަރު ޝުޖާއު އަލީ ވިދާޅުވީ އެއްއަހަރު ދުވަހުގެ ތެރޭގައި ފެނިގެންދަނީ ލާމަރުކަޒުކުރުމާއި އިދިކޮޅަށް ކަންކަންކުރަމުންދާތަން ކަމަށެވެ. އަދި ކައުންސިލްގެ ބައިވެރިވުން ނެތި ސަރުކާރުން ކަންކަން ނިންމަވަމުން ގެންދަވާ ކަމަށާއި، އާބަން ބިލަކީ ކައުންސިލްތަކާއި މަޝްވަރާކުރުމެއް ނެތި ކުރަމުން ގެންދާކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލްތަކަށް ކުރާ ހަރަދަކީ ބުރައެއްނަމަ، ރަށްރަށުގެ މަގުތައް ސާފުކުރުމުގެ މަސައްކަތްވެސް ހުއްޓާލަންޖެހޭ ކަމަށެވެ. މިސްކިތްތައް ދިއްލާ ސާފުކުރުން ހުއްޓާލުމާއި، ކައުންސިލް މުވައްޒަފުން ވަޒީފާއިން ކަނޑާ ގެއަށް ފޮނުވާލަންޖެހޭ ކަމަށެވެ. އަދި މި ކަންކަމަކީ މާލީ ބުރައެއްކަމަށް ދެކޭއިރު، ސަރުކާރުން ދައްކާ ވާހަކައާއި ހަގީގަތާއި ދިމާނުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2020

140 ފަޅު ރަށެއް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް އެބަކުރެވޭ: މިނިސްޓަރ

12 އެޕްރީލު 2020
140 ފަޅު ރަށެއް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް އެބަކުރެވޭ: މިނިސްޓަރ
05 އެޕްރީލު 2020

ބީއެމްއެލްގެ ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ގައި ހުޅުވާނެ

05 އެޕްރީލު 2020
ބީއެމްއެލްގެ ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ގައި ހުޅުވާނެ
16 މާރިޗު 2020

މާލޭގެ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބަންދުކޮށްފި

16 މާރިޗު 2020
މާލޭގެ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބަންދުކޮށްފި
13 ޖުލައި 2019

ރައީސް ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވައިފި

13 ޖުލައި 2019
ރައީސް ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވައިފި
03 އެޕްރީލު 2019

ކުޑަހުވަދޫ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، ފުރިހަމަ ހިދުމަތްތަކެއް ދޭނަން: ރައީސް

03 އެޕްރީލު 2019
ކުޑަހުވަދޫ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، ފުރިހަމަ ހިދުމަތްތަކެއް ދޭނަން: ރައީސް
20 ފެބުރުއަރީ 2019

ކައުންސިލްތަކާއި ބަައްދަލުކުރަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް: ރައީސް

20 ފެބުރުއަރީ 2019
ކައުންސިލްތަކާއި ބަައްދަލުކުރަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް: ރައީސް
12 ފެބުރުއަރީ 2019

9 ރަށަކުން ގޯތި ދޫކުރުމަށް ކުރި އިއުލާންތައް ބާތިލްކޮށް، މަސައްކަތް ކައުންސިލްތަކާއި ހަވާލު ކޮށްފި

12 ފެބުރުއަރީ 2019
9 ރަށަކުން ގޯތި ދޫކުރުމަށް ކުރި އިއުލާންތައް ބާތިލްކޮށް، މަސައްކަތް ކައުންސިލްތަކާއި ހަވާލު ކޮށްފި
05 ސެޕްޓެމްބަރު 2018

ރީހަބްލިޓޭޝަން ސެންޓަރުތައް އިތުރުކޮށް، ހެޔޮގޮތުގައި ހިންގާނަން: ފައިސަލް

05 ސެޕްޓެމްބަރު 2018
ރީހަބްލިޓޭޝަން ސެންޓަރުތައް އިތުރުކޮށް، ހެޔޮގޮތުގައި ހިންގާނަން: ފައިސަލް
01 ޖުލައި 2018

އެމްޑީޕީގެ ވައުދު: މިސްކިތްތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމުކުރާނަން، ކޮންމެ ރަށެއްގައި ހިނާވާގެ އަޅާނަން

01 ޖުލައި 2018
އެމްޑީޕީގެ ވައުދު: މިސްކިތްތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމުކުރާނަން، ކޮންމެ ރަށެއްގައި ހިނާވާގެ އަޅާނަން
30 މެއި 2017

ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ

30 މެއި 2017
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް