Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ރައީސް މުއިއްޒަށް މި ދައުލަތުގެ ނިޒާމުތައް ރޭވިފައިވާ ގޮތާއި އެ ކަންކަމުގެ ސަބަބުތަކާއި ދުސްތޫރު އެނގިވަޑައިނުގަނޭ: މައުރޫފް

އައު ރިޔާސީ ދައުކަރަށް ރައީސަކު ހުވައިކުރައްވާ ދުވަހަކީ ނޮވެންބަރު 11 ކަމަށް އަލުން ހަމަޖައްސަވަން ކޮންމެހެން ބޭނުންފުޅު ކަމަށް ވާ ނަމަ 2028 ނޮވެންބަރު 10 ވަނަ ދުވަހު ރައީސް އިސްތިއުފާ ދެއްވީމަ ނިމުނީ

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 17:07
ރައީސް މުއިއްޒު - 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި

ރައީސް މުއިއްޒު - 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި

ރައީސް މުއިއްޒަށް މި ދައުލަތުގެ ނިޒާމުތައް ރޭވިފައިވާ ގޮތާއި އެ ކަންކަމުގެ ސަބަބުތަކާއި ދުސްތޫރު އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ ހުވައި ކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11ށް ބަދަލު ކުރެއްވުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވަމުން މައުރޫފް ވިދާޅުވީ، މިހެން ހަދާނަމަ، ރިޔާސީ އިންތިހާބު ބޭއްވުމުގައި ދިމާވާ ކަމަކާ ގުޅިގެން އައު ރައީސް ހުވައި ކުރުން ލަސްވެ، އިތުރު ދުވަސް ތަކަކަށް ދައުރު ދަންމާލަން ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަންޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒު ގެ ވާހަކަފުޅުގައި ސިޔާސީ އޮއިވަރުގައި ޖެހުމުގެ ސަބަބުން ކޮންމެ ފަސް އަހަރަކުން ރައީސް މަގާމުގެ ހުވައި ކުރައްވާ ތާރީޚް, ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11, ގެ ބަދަލުގައި ހަފްތާއެއްހާ ދުވަސް ކައްސާލާފައިވާ ކަމަށެވެ.

ރައީސް މި މޭރުމުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއަރޒް، މައުރޫފް ވިދާޅުވީ، ތާރީޚް ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާ ކޮންމެ ފަހަރަކު ހިނގާނެ ވަގުތާއި ޚަރަދު ވަރަށް ބޮޑު ކަމަށާއި އައު ރިޔާސީ ދައުކަރަށް ރައީސަކު ހުވައިކުރާ ދުވަހަކީ ނޮވެންބަރު 11 ކަމަށް އަލުން ހަމަޖައްސަވަން ކޮންމެހެން ބޭނުންފުޅު ކަމަށް ވާ ނަމަ 2028 ނޮވެންބަރު 10 ވަނަ ދުވަހު ރައީސް އިސްތިއުފާ ދެއްވީމަ ނިމުނީ ކަމަށެވެ.

"އޭރުން އައު ރައީސް 11 ގައި ހުވައި ކުރައްވާނެ. ނުވަތަ، ރިޔާސީ އިންތިހާބު ބޭއްވުމުގައި ދިމާވާ ކަމަކާ ގުޅިގެން، ދައުރު ދަންމާލަން ޖެހޭ ހާލަތެއް މެދުވެރިވި ނަމަވެސް، ދެން ފެށޭ ރިޔާސީ ދައުރު ނިމޭނީ 5 އަހަރުން، ދެން ރިޔާސީ އިންތިހާބެއް އޮންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ކަނޑައަޅައި، ހާއްސަ ހާލަތް ބަޔާން ކުރުމަށް ޤާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމުން ފުދޭނެ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު ބަޔާންކުރާ މާއްދާއަށް) އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ވާނެ ކަމަށް ބަޔާން ކޮށްފައި އެ އޮތީ، 5 އަހަރަށް ކަނޑައަޅައިފައިވާ ދައުރު އިތުރު އަހަރަކަށް ނުވަތަ އަހަރު ތަކަކަށް ދިގު ކުރަން ނޫނީ އެއަށް ވުރެ ކުރުކުރުމާ މެދު ގޮތެއް ނިންމުމަށް ބޭނުންނަމަ އެކަން ކުރަންވާނީ ރައްޔިތުންގެ ރުހުން ހޯދައިގެން ކަމަށް ކަނޑައެޅުމަށް ކަމަށެވެ.

މައުރޫފް ވިދާޅުވީ ގާނޫނު އަސާސީ އެކުލާވާލަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން އެކަން ސާފުވާ ކަމަށެވެ.

"ދެން އޮންނާނެ ސުވާލަކީ، ރައީސްކަން ކުރެއްވި ބޭފުޅަކަށް ދޭ އިނާޔަތާއި ރައްކާތެރިކަމުގެ ބޭނުމަށް ޓަކައި، ދައުރެއް ފުރިހަމަ ކުރި ކަމަށް ނުވެދާނެ އަތީ އެ އިނާޔަތާއި ރައްކާތެރިކަން ނުލިބިދާނެތޯ ކުރެވޭ ޤާނޫނީ ސުވާލު. ދުވަހުގެ އަދަދުން ފުރިހަމަ 5 އަހަރު ހަމަ ނުވިޔަސް، ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް އައު ރިޔާސީ ދައުރަށް ރައީސް ހުވައިކުރުވުމުގެ ގޮތުން، އޭރުގައި ހުންނަ ރައީސަކު އިސްތިއުފާ ދީފިނަމަ، ޤާނޫނުގެ ބޭނުމަށް ޓަކައި ރިޔާސީ ދައުރެއް ފުރިހަމަ ކުރީ ކަމުގައި ބެލެވޭނެ ކަމަށް ކަނޑައަޅައި، ޤާނޫނަށް އިސްލާހެއް ގެނައުމުން ފުދޭނެ،" މައުރޫފް އިތުރަށް ސާފުކޮށްދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުއްދަތަކީ، "ރައްޔިތުންގެ މަޖިލީހުގެ ޢުމުރު" ކަމަށް ޤާނޫނު އަސާސީގެ 79 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުއްދަތަކީ، "ރިޔާސަތުގެ ދައުރު" ކަމަށް ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކޮށް، ތަފާތު އިބާރާތުން ކަނޑައަޅައިފައި އޮތުމުން، މިއީ ތަފާތު 2 އުސޫލެއް ހިނގާ ދެ ކަމެއްކަން ސާފުވާ ކަމަށާއި، ޤާނޫނު އަސާސިގައި އެކިއެކި ކަންކަމުގެ މުއްދަތުތަކާއި ވަގުތުތައް ކަނޑައަޅައި ބަޔާން ކޮށްފައިވަނީ، އެ ކަންކަން ކުރުމުގައި ހާއްސަ ހާލަތުތަކެއް ދިމާވެދާނެ ކަމަށްވެސް ބަލައިގެން ކަމަށާއި، ދައުލަތުގެ ހިންގުން ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަށް. ކަމުގައިވެސް މައުރޫފް ވަނީ ފާހަގަ ކުރައްވާފައެވެ.

"އެކަން ދޭހަވާނީ، ވަކިވަކި މާއްދާ ކިޔުމުގެ ބަދަލުގައި ހުރިހައި މާއްދާއެއް އެކުގައި ކިޔުމުން،" ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ރައީސް ހުވައި ކުރައްވާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ ކަމަށާއި، ރައްޔިތުން އެ ގޮތައް އެއްބަސްވެއްޖެ ނަމަ ގާނޫނު އަސާސީ އާއި ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލު އޮންނަ އެމަނިކުފާނުގެ ޕާޓީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު