Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގައި މުއިއްޒު ސަރުކާރުން އިނގިރޭސިވިލާތަށް ފޮނުވި ކަމަށް ބުނާ ސިޓީގެ މައުލޫމާތު ހޯދުމަށް ރާއްޖެޓީވީން އާރްޓީއައި ހުށަހަޅައިފި

ޗާގޯސް މައްސަލައިގެ ކަންކަން ބެލުމަށް ޔޫއެންގައި ބަހައްޓާފައި ހުރި އެޓަރނީ ޖެނެރަލްގެ މުވައްޒަފުގެ ތަފްސީލްތައް ހޯދުމަށް ވަނީ އެދިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2024 | ހޯމަ 08:42
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކުރެހުމެއް ފަހަތުން ޗާގޯސް ރަށްތައް ފުސްކުރެވިފައި

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކުރެހުމެއް ފަހަތުން ޗާގޯސް ރަށްތައް ފުސްކުރެވިފައި

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ، މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް ފޮނުވި ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި ސިޓީގެ މައުލޫމާތާއި، ޔޫއެންގައި ހުންނަ ކަމަށް ވިދާޅުވި މުވައްޒަފުގެ މައުލޫމާތު ހޯދުމަށް ރާއްޖެޓީވީން އާރްޓީއައި ހުށަހަޅައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި މެދުވެރިކޮށް ރާއްޖެޓީވީން އެދިފައިވަނީ 11 ނޮވެންބަރު 2024 ވީ ހޯމަ ދުވަހު އެވެ.

އެ އާރުޓީއައިގައި ރާއްޖެޓީވީން ވަނީ, ޗާގޯސް މައްސަލައިގައި އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެޓަރނީ ޖެނެރަލް އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް މިސަރުކާރު އުފެދުނީއްސުރެ ޔޫއެންގައި ހުންނާނެ ކަމަށާާއި، ޔޫއެންގައި ބަހައްޓައިގެން ވެސް ކުރައްވަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށްޓަކައި ތާރީހީގޮތުން ފެންނަން ހުރި ކަންކަމާއެކު އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ސިޓީ ފޮނުވާފައި ވާނެކަމަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ، ޔޫއެންގައި ހުރީ އެޓަރނީ ޖެނެރަލްގެ ކޮން މުވައްޒަފެއްތޯ އާއި، އެ މުވައްޒަފު ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތްތަކާއި، މިހާތަނަށް އެ މަސައްކަތްތަކުން ހާސިލްވި ކަންތައްތަކާއި، އެ މުވައްޒަފަށް ދާ ޚަރަދުގެ ތަފްސީލް ހާމަކޮށްދިނުމަށް އެދިފައެވެ.

ހަމައެއާއެކު، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވި ތާރީޚާއި، ސިޓީ ފޮނުވީ އިނގިރޭސި ސަރުކާރުގެ ކޮން ބޭފުޅަކަށްތޯ އާއި އެ ސިޓީގައި ރާއްޖެއިން ހުށަހެޅި ނުވަތަ އެދުނު ކަމަކީ ކޮބާތޯ ހާމަކޮށްދިނުމަށް ވެސް އެދިފައިވެއެވެ. މީގެއިތުރުން، ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އާންމު ކުރާނެތޯ އާއި ނުކުރެވޭ ނަމަ ސިޓީގައި ހުރި ކަންކަން ދިވެހި ރައްޔިތުންނާ ހިއްސާކޮށްދެއްވުމަށް ވެސް ރާއްޖެޓީވީން ވަނީ އެދިފައެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ނިންމި މައްސަލައަށް އަލިއަޅުއްވާލައްވައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ ވިދާޅުވެފައިވަނީ "ކަނޑުން ގެއްލުވާލި ބައި ހޯއްދެވުމުގެ މަސައްކަތް ރެޔާ ދުވާލު" ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ރައީސް ވިދާޅުވީ ރޯމާ ދުވާލު ކަނޑައެޅިފައިވާ ދުސްތީރީ ނިޒާމަށާއި ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއް ނެތި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލި ކަމަށާއި، އެކަން ކޮށްފައިވާ ގޮތުން އެކަން ހައްލު ކުރުމުގަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ރެޔާ ދުވާލު މިދަނީ ކުރަމުން. އެޓަރނީ ޖެނެރަލް އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް ޔޫއެންގަ ހުންނާނެ. އަޅުގަނޑުމެން ސަރުކާރު އުފެދުނީއްސުރެ ފޮނުވައިގެން އެތާ ބަހައްޓައިގެން ވެސް ކުރަންޖެހޭ މަސައްކަތްތައްވެސް އެދަނީ ކުރަމުން އެކިއެކި މަސައްކަތް ވަކީލުންގެ ޓީމުން ވެސް އެބަކުރޭ،" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކުންވެސް ފެންނަން ހުރުމާއެކު، އެހެން ޤައުމަކަށް ވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު ވެގެންވާތީ އާއި ދިިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި ބެލުން ތާރީޚި ގޮތުން ފެންނަން ހުރުމާއެކު އިނގިރޭސި ސަރުކާރަށް ރަސްމީކޮށް މިހާރު ސިޓީއެއް ފޮނުވާފައިވާނެކަމަށެވެ. އަދި އުއްމީދަކީ އިންސާފުވެރި ގޮތެއްގައި މިކަމުގައި ފައިސަލާކުރުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަންތައް ކަމުގައި ވިދާޅުވީ "ގެއްލުވާލި ކަނޑު" ހޯދުމުގެ މަސައްކަތް ކުރުމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ދެކުނުން ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމާގުޅޭ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލައި އެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން އަދި މިމަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.

ދިވެހި ސަރުކާރުން މި މައްސަލަ ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހަޅާނެ ކަމަށް ބުނުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިކަމެއް ފެންނާކަށް ނެތެވެ.

ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން މި މައްސަލައިގައި ގެންގުޅޭ ސްޓްރެޓަޖީ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު