Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ުއިހަވަންދިއްޕޮޅު މަޝްރޫޢުގެ އަމަލީ މަސައްކަތް

އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ މަޝްރޫއާ ބެހޭގޮތުން ވަޒީރު ސައީދު ދައްކަވާ ވާހަކަފުޅު ދިމާނުވޭ

މަޝްރޫޢުގެ ފައިސާ ހޯދާ ގޮތާއި ކުންފުނީގެ ބައިވެރިވުމުގެ ޝަރުތުތަކެއް ހާމަކޮށްފައެއް ނުވޭ

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 14:49
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭގައި ފެށޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާ ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން ސަރުކާރު މީޑިއާ ޕީއެސްއެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި މިއީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް،" ކަމަށް ބުނުމުގެ އިތުރުން އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ. އަދި ސީއައިއޭ، އިހަވަންދިއްޕޮޅު ޕޯޓު މަޝްރޫއުގައި މަސައްކަތް ކުރުމަށް ހޮވުނު ގޮތުގެ އެއްވެސް މައުލޫމާތެއް ނޫސް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމާއި ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމާއެކު ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓު ކުންފުނީގެ ފަރާތުން މަސައްކަތްކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލާނެ ކަމަށާއި، ތަފްސީލީ އެގްރިމެންޓެއްގައިވެސް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއައިޑީއެފްޒެޑްގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރަސްމީ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ. ވީމާ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭގައި ފެށޭނެ ކަމަށް ވަޒީރު މުޙައްމަދު ސައީދު މި ދައްކަވާ ވާހަކަފުޅު ދިމާނުވާކަން ފާހަގަ ކުރެވެއެވެ. ރަސްނީ އެއްބަސްވުމުގައި ސޮއިކުރެވޭނީ 6 މަސްދުވަސް ފަހުންކަމަށް ވާއިރު 6 މަސް ދުވަހުގެތެރޭގައި ސޮއިނުކޮށް މަސައްކަތްފެށޭނެ ގޮތަކާމެދު ސުވާލު އެފެދެއެވެ.

ވަޒީރު މުޙައްމަދު ސައީދު އިތުރަށްވިދާޅުވީ " މި މަސައްކަތްތައް އަމަލީގޮތުން ފެށުން، މިއީ 6 މަސްދުވަސް ތެރޭގައި ކުރިއަށްދާނެ ކަންތައްތަކަކީ، ދެން އަމަލީ މަސައްކަތްތައް ފެށުމަށް އެކުންފުނީގެ ޓެކްނިކަލް ބޭފުޅުން އެތަނަށް އައުމާއި، އެކި ކަހަލަ ދިރާސާތައް ކުރުމާއި، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ގެންދަން ޖެހޭ ހުރިހާ އިންތިޒާމުތަކެއް ކުރިއަށްގެންދާނެ،" ކަމަށެވެ.

"ދައުލަތުން ބާޑަންއެއް ނަގަން ނުޖެހި، ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕް މޮޑެލްގައި ކުރިއަށްގެންދާ އިރުގައި، ކޮންފިޑެންސް ނުވަތަ ޔަޤީންކަން ގެނައުމަކީ ކުރަން ޖެހޭ ކަމެއް ވަރަށް ގިނަ މަސައްކަތްކުރެވިގެން 100 މިލިޔަން ޑޮލަރުގެ މަޝްރޫޢަކާއި ހަމައަށް މިދިޔައީ،" ވަޒީރު ސައީދު ވިދާޅުވިނަމަވެސް މި މަޝްރޫޢުގެ ފައިސާ ހޯދާ ގޮތާއި ކުންފުނީގެ ބައިވެރިވުމުގެ ޝަރުތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.އަދި ސީއައިއޭ އަށް ލިބޭ މަންފާއެއްވެސް އާންމުކޮށްފައެއް ނުވެއެވެ. ގާބިލު ކުންފުންޏެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރާ ސިއައިއޭގެ ލިންކްޑިން ޕްރޮފައިލް ގައި އެންމެ 205 ފޮލޯވަރުން ހިމެނޭ އިރު، ޕޯޓެއް ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމެއް އެކުންފުނިން ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު