Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ަޣައްޒާ ހަނގުރާމަ

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި އިތުރު 40 މީހުން މަރުވެއްޖެ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމަށް ހޮނިހިރު ދުވަހު 400 ދުވަސްވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން އިޢުލާނުކުރި ގޮތުގައި ހަމަލާތަކުގައި މަދުވެގެން 43,552 މީހުން މަރުވެ 102,765 މީހުން ވަނީ ޒަޚަމްވެފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 07:26
އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު؛ ހަމަލާ ދިން ސަރަހައްދުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހުއްޓިގެން

އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު؛ ހަމަލާ ދިން ސަރަހައްދުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހުއްޓިގެން | އަބްދުލްހަކީމް އަބޫ ރިއާޝް / އަލްޖަޒީރާ

ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 40ށް އަރައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 24 މީހުން މަރާލެވިފައިވަނީ ޣައްޒާގެ އުތުރުގައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ތުއްފާޙް ސަރަޙައްދުގައި ހުރި، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފަހުދު އަލް-ސަބާޙް ސްކޫލަށް ދެވުނު ހަމަލާއެއްގައި މަދުވެގެން 6 ފަލަސްޠީނުން މަރުވެފައިވާކަމަށް ދާރުލް ބަލަހްގައި ހުރި އަލްޖަޒީރާގެ ޓީމުން ވަނީ ރިޕޯޓްކޮށްފައެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ ނޫސްވެރިންނާއި، މާބަނޑު އަންހެނަކާއި، ކުޑަކުއްޖަކު ހިމެނޭ ކަމަށް އެނޫހުން ބުނެފައިވެއެވެ.

ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ ސަރަޙައްދުގައި އިތުރު 5 މީހުން މަރުވެފައިވާއިރު، ޒައިތޫން ސަރަޙައްދުގައި މަދުވެގެން އެކަކު ވަނީ މަރުވެފައެވެ. ހަމައެއާއެކު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުރި "އިންސާނިއްޔަތުގެ ސަރަޙައްދު" ކަމަށް ބުނާ އަލް-މަވާސީގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ވަނީ 9ށް އަރާފައެވެ. ނާޞިރު ހޮސްޕިޓަލުން ބުނާ ގޮތުގައި މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ދެ އަންހެނުން ހިމެނޭއެވެ.

މީގެއިތުރުން، އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރަކުން ޣައްޒާގެ މައި ޞިއްޙީ މަރުކަޒު ކަމުގައިވާ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ގޯތިތެރެއަށް ހަމަލާއެއް ވަނީ ދީފައެވެ. އަލް ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމަލާގައި މަދުވެގެން 3 މީހުން މަރުވެ، 26 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ މާރޗް މަހުން ފެށިގެން މި އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދެވުނު 8 ވަނަ ހަމަލާކަން ފާހަގަކޮށްލެވެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމަށް ހޮނިހިރު ދުވަހު 400 ދުވަސްވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން އިޢުލާނުކުރި ގޮތުގައި ހަމަލާތަކުގައި މަދުވެގެން 43,552 މީހުން މަރުވެ 102,765 މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް، މަރުވި މީހުންގެ ހަޤީޤީ އަދަދު މިއަށްވުރެ މަތި ވާނެ ކަމަށް އެވުޒާރާއިން ބުނެއެވެ. އެވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، އަންދާޒާކުރެވޭ ގޮތުން 10,000 މީހުންގެ ހަށިގަނޑު ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަރުކަޒުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަނގުރާމައިގެ މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން 1,000ށްވުރެ ގިނަ ޞިއްޙީ މަސައްކަތްތެރިންނާއި މަދުވެގެން 12,700 ދަރިވަރުން ވަނީ މަރުވެފައެވެ.

2023 ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނިއްސުރެ ގާތްގަނޑަކަށް 86,000 ޓަނުގެ ގޮވާ ތަކެތި ޣައްޒާގެ މައްޗަށް އަޅާފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ވަސީލަތްތައް ސުންނާފަތިވެ، ގާތްގަނޑަކަށް ދެ މިލިއަން މީހުން ނުވަތަ ފަލަސްތީނު އާބާދީގެ 90 އިންސައްތަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު