Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2025 ވަނަ އަހަރުގެ ބަޖެޓު

2025 ވަނަ އަހަރުގެ ބަޖެޓުގައި މަޝްރޫއުތައް ނެތުމަކީ ކަސިޔާރު ސިޔާސަތެއްގެ ފެށުން: އަމީރު

8 ނޮވެމްބަރު 2024 | ހުކުރު 05:52

ތަރައްގީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ހަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫއުއަކަށްކަން އެނގެން ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ނޮވެމްބަރު 2024 | ހުކުރު 05:52
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

ސަރުކާރުން ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓުގައި މަޝްރޫއުތައް ނެތުމަކީ ކަސިޔާރު ސިޔާސަތެއްގެ ފެށުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ ވަރަށް ތަފްސީލުކޮށް 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ހިއްސާކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ ބަޖެޓު ކޮށްފައިވާ ކަންކަން ރައްޔިތުންގެ މަންދޫބުންނަށް ނޭގުމަކީ ގޯހެއް ކަމަށެވެ.

ތަރައްގީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ހަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫއުއަކަށްކަން އެނގެން ނެތްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންނަށާއި، ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދާ ކަމަށެވެ.

އަމީރު ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ޕްލޭނެއް ނެތް ކަމަށާއި، ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް ކަމަށެވެ.

ކައުންސިލުތަކުގެ ބްލޮކް ގްރާންޓުން 1 ބިލިއަން ރުފިޔާ އުނިކޮށްފައިވާތީ އެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ކައުންސިލުތަކުގެ ބްލޮކް ގްރާންޓަށް ކަނޑައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2024 އަށްވުރެ 765 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށާއި، މިއަދަދުން ކައުންސިލްތަކުގެ ރިކަރެންޓް ހަރަދުވެސް ފޫނުބެއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަމްދަނީގެ 5 ޕަސެންޓްގެ ބަދަލުގައި ސަރުކާރުން ދީފައިވަނީ 2.5 ޕަސެންޓް ކަމަށާއި، މިއީ ގާނޫނާ ގަވާއިދާ ހިލާފަށް ކައުންސިލްތަކަށް ކުރި މަލާމާތެއް ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ 2024 އަށް ވުރެ އާމްދަނީ ބޮޑުވާއިރު، ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 2025 ވަނަ އަހަރު މަދުވެގެން 2.4 ބިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ.

ގާނޫނާ ހިލާފުވެއްޖެކަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ސިޓީއަކުން އިއުތިރާފްވެފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އިތުރުކުރަން އެދުނީ 700 މިލިއަން ކަމަށެވެ. 2.1 ބިލިއަން ރުފިޔާއަށް ބްލޮކްގްރާންޓް ބޮޑުވެގެންދާއިރު، މިއީ 2024ށް ވުރެ މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާމްދަނީ ބޮޑުވެފައި ބްލޮކް ގްރާންޓް ކުޑަވުމަކީ އަރަތެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

04 އެޕްރީލު 2017
މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް