Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހީމް ނަސްރީން

މިނިސްޓްރީ އެއްގެ ވަޒީފާ އަކަށް ބަދަލު ވުމަށް، ޕީއެސްއެމް ގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025 | ހޮނިހިރު 14:27

ނަސްރީނަކީ މިހާރުގެ ސަރުކާރުގައި ޕީއެސްއެމް އަށް އައްޔަން ކުރެއްވި ތިން ވަނަ އެމްޑީ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 29 ނޮވެމްބަރު 2025 | ހޮނިހިރު 14:27
ޕީއެސްއެމް ގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން

ޕީއެސްއެމް ގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އެ މަގާމުން އިސްތިއުފާ ދެއްވައިފ އެވެ.

ނަސްރީން އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހު ބޭއްވި ޕީއެސްއެމް ގެ ބޯޑު ބައްދަލުވުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement - newsAdvertisement

އެއް އަހަރާއި ހަފްތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި ނަސްރީން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން މިނިސްޓްރީއަކުން ވަޒީފާ އެއް ލިބިވަޑައިގަތުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ނަސްރީނަކީ މިހާރުގެ ސަރުކާރުގައި ޕީއެސްއެމް އަށް އައްޔަން ކުރެއްވި ތިން ވަނަ އެމްޑީ އެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެ މަގާމުގައި ކުރިން ހުންނެވި ދެ ބޭފުޅުންނަކީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި ވަކި ހިސާބަކުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

ނަސްރީން އަކީ ދައުލަތުގެ މީޑިއާގައި ދިގު ތަޖުރިބާ އެއް ލިބިފައިވާ ފަރާތެކެވެ. މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެން، އޭނާ ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނަސްރީން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ނަސްރީނާ އިބްރާހީމްޕަބްލިކް ސަރވިސް މީޑިއާމެނޭޖިން ޑިރެކްޓަރ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް