Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުން ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައި ފަލަސްތީނުގެ 50ށް ވުރެ ގިނަ ކުޑަކުދިން މަރާލައިފި

ފަލަސްތީނުގައި ޔަހޫދީ ވެރިކަމުން ހިންގާ ގަތުލުއާންމު ކުށްވެރިކޮށް އދ އިން ބުނެފައިވަނީ ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައި އުތުރު ޣައްޒާގެ ޖަބާލިޔާގައި އެކަނިވެސް 50ށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 3 ނޮވެމްބަރު 2024 | އާދީއްތަ 06:28
އިޒްރޭލު ހަމަލާއެއްގައި މަރުވެފައިވާ ކުޑަކުއްޖެއް އުރާލައިގެން

އިޒްރޭލު ހަމަލާއެއްގައި މަރުވެފައިވާ ކުޑަކުއްޖެއް އުރާލައިގެން

ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ 50ށް ވުރެ ގިނަ ކުޑަކުދިން މަރާލައިފި ކަމަށް އދ އިން ބުނެފިއެވެ.

ފަލަސްތީނުގައި ޔަހޫދީ ވެރިކަމުން ހިންގާ ގަތުލުއާންމު ކުށްވެރިކޮށް އދ އިން ބުނެފައިވަނީ ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައި އުތުރު ޣައްޒާގެ ޖަބާލިޔާގައި އެކަނިވެސް 50ށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ޣައްޒާ ސިޓީގައި ހުރި ޕޯލިއޯ ވެކްސިން ދޭ މަރުކަޒަކަށްވެސް އިޒްރޭލުން ބޮން އަޅާ 4 ކުޑަކުދިން މަރާލާފައިވެއެވެ.

އުތުރު ޣައްޒާގައި ހުންނަ ޝެއިޚް ރަޟްވާން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަށް ހަމަލާއެއް ދެވުނު. މި ހަމަލާ ދެވުނީ މައިންބަފައިން އެމީހުންގެ ދަރިންނަށް ފޯލިއޯ ވެކްސިން ޖެހުމަށް ގެންދިޔަ ވަގުތު. މި ސަރަޙައްދަކީ ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީގޮތުން އިންސާނީ ހަމަލާދިނުން ހުއްޓުމަށް އެއްބަސްވެފައިވާ ސަރަޙައްދެއް. މިހަމަލާގައި 6 މީހުން ޒަޚަމްވި. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ،" ޑަބްލިއު.އެޗް.އޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މަދުވެގެން 43،314 ފަލަސްތީނު މީހުން މަރުވެ، 102،019 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމައެހެންމެ، ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1،139 މީހުން މަރުވެ، 200ށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނު ކަމަށް ލަފާކުރެވެއެވެ.

ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނާގޮތުގައި ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކުގައި މަދުވެގެން 2،968 މީހުން މަރުވެ، 13،319 މީހުން ވަނީ ޒަޚަމްވެފައެވެ.

ފަލަސްތީނުޣައްޒާއިސްރާއީލް އަސްކަރިއްޔާއިޒްރޭލްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު