Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް މެންބަރުން

ވައްޑޭ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

17 އޯގަސްޓު 2017 | ބުރާސްފަތި 12:53

ވަހީދު ދޫކޮށްލީ ޝަރުތުތަކަކާއިއެކު

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 17 އޯގަސްޓު 2017 | ބުރާސްފަތި 12:53
މުހައްމަދު ވަހީދު

މުހައްމަދު ވަހީދު

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހިމް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކުރުމަށް ބުރާސްފަތި ދުވަހު މެމްބަރު ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު އަލީ އިބްރާހިމް ނިންމެވީ ފުލުހުންނާއި ޕީޖީގެ ވަކީލުން ދެއްކި ވާހަކަތަކުން ވަހީދު ބަންދުގައި ބަހައްޓަން ޖެހޭ އިތުރު ސަބަބެއް ނެތް ކަމަށެވެ.

ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވި ކަމަށް ތުހްމަތުކޮށް، ވަހީދު ހައްޔަރުކުރީ އެރޭ، ޖުމްހޫރީގެ ޕާޓީގެ ޖަގަހަ، މ. ކުނޫޒު ކައިރިންނެވެ. އެއަށް ފަހު ތިން ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

މެމްބަރު ވަހީދުގެ މައްޗަށް ޕީޖީ އޮފީހުން ތިން ދައުވާއެއް ބުދަ ދުވަހު އުފުލާފައިވާއިރު، މުއްދަތު ޖެހުމުގެ މަޖިލީހުގައި ފުލުހުން އެދުނީ ތިން ދައުވާގެ ޝަރީއަތް ނިމެންދެން މެމްބަރު ވަހީދު ބަންދުގައި ބަހައްޓައި ދިނުމަށެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ނުކޮށް، ފަނޑިޔާރު އަލީ އިބްރާހިމް ނިންމެވީ ދެ ޝަރުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ. އެ ދެ ޝަރުތަކީ ގާނޫނާއި ހިލާފު ކަމެއް ނުކުމާއި ޝަރީއަށް އެއްބާރުލުން ދެއްވުމެވެ.

މެމްބަރު ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އާންމު މަސްލަހަތު ނަގާލުމާއި، ގާނާނު ތަންފާޒި ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުން އަދި އަދުލް އިންސާފު ގާއިމުކުރަން ހުރަސް އެޅުމެވެ. މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އެންމެ ގިނަ ވެގެން ވެސް އަންނާނީ ހަތް މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުވާ ސާބިތުވެ، މިވަރުގެ ހުކުމެއް އަންނައިރު، ޝަރީއަތް ނިމެންދެން މެމްބަރު ވަހީދު ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ފަނޑިޔާރު އަލީ އިބްރާހިމް ނިންމެވި އެވެ. މެމްބަރު ވަހީދު ހައްޔަރުކޮށް ދައުވާ އުފުލީ، މަޖިލިހުގެ މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަޑައިވަޑައިގެންނެވި މައްސަލައިގަ އެވެ. މިހާތަނަށް ވެސް ވަހީދުގެ ގޮނޑި ގެއްލިފައިވާކަން އޭނާ އަށް ރަސްމީ އެއްވެސް ފަރާތަކުން އަންގާފައި ނެތްއިރު، ގޮނޑި ގެއްލުވާލި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މިހާރު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

24 އެޕްރީލު 2017
ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި
19 އެޕްރީލު 2017

ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި

19 އެޕްރީލު 2017
ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި
18 އެޕްރީލު 2017

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި

18 އެޕްރީލު 2017
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި
12 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
03 އެޕްރީލު 2017

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
27 މާރިޗު 2017

ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި

27 މާރިޗު 2017
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް