Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލު ހަމަނުޖެހުން

އިރާނުން އިރާޤުގެ ސަރަޙައްދު ބޭނުން ކޮށްގެން އިޒްރޭލަށް ޙަމަލާ ދޭން ދަނީ ތައްޔާރު ވަމުން: ރިޕޯޓު

އީރާނުން ރާވާ ޙަމަލާގައި ގިނަ އަދަދެއްގެ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ބޭނުން ކޮށްފާނެ ކަމަށް ބެލޭ ކަމަށް ވެސް ޚަބަރުތައް ބުނޭ

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 17:19
ތެހެރާނުގެ މަގެއްގައި ބަހައްޓާފައިވާ ބިލްބޯޑެއްގައި ފާރިސީ ބަހުންނާއި ހިބްރޫ ބަހުން "އަނެއް ތޫފާން އަންނަނީ" ލިޔެފައި

ތެހެރާނުގެ މަގެއްގައި ބަހައްޓާފައިވާ ބިލްބޯޑެއްގައި ފާރިސީ ބަހުންނާއި ހިބްރޫ ބަހުން "އަނެއް ތޫފާން އަންނަނީ" ލިޔެފައި

އިރާނުން އިރާގުގެ ސަރަޙައްދު ބޭނުން ކޮށްގެން އިޒްރޭލަށް ޙަމަލާއެއް ދޭން ތައްޔާރު ވަމުން ދާކަމަށް އިޒްރޭލަށް ޖާސޫސީ މައުލޫމާތު ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަދި މި ޙަމަލާ ނޮވެމްބަރު 5 ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބު ގެ ކުރިން ދީފާނެ ކަމަށް އެކްސިއޯސް އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

މި ނޫހުން މި ޚަބަރު ޖަހާފައިވަނީ ނަން ހާމަ ނުކުރާ އިޒްރޭލުގެ ދެ މަސްދަރަކާ ހަވާދީއެވެ.

އީރާނުން ރާވާ ޙަމަލާގައި ގިނަ އަދަދެއްގެ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ބޭނުން ކޮށްފާނެ ކަމަށް ބެލޭ ކަމަށް ވެސް އެކްސިއޯސްގެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އީރާނުން ހަމަލާ ދިނުމަށް މަސައްކަތް ކުރަނީ އިރާގުގައި ތިބި އީރާނަށް ވަފާތެރި ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށް ކަމުގައެވެ.

އިރާގުގައި ތިބި އީރާނަށް މަދަދުވެރިވާ ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށް މި ޙަމަލާ ދިނުމަކީ، އިރާނުގެ މުހިންމު ތަންތަނަށް އިޒްރޭލުން އިތުރު ޙަމަލާއެއް ދިނުން ހުއްޓުވުމަށް އިރާނުން ކުރާ މަސައްކަތެއް ކަމަށް ވެދާނެކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އިޒްރޭލް-އިރާން ހަނގުރާމަ އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު