Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކީލާން ޑޮކިއުމެންޓަރީ

ޕީއެސްއެމް އިން "ސްކީލާން" ދެއްކިގެން މައްސަލަ ވަރަށް ގޯސްވެއްޖެ!

މި ވީޑިއޯ ދެއްކުމަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކޭ ކަމަށް ޕީއެސްއެމް އިން ބުނޭ

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 11:23
ސްކީލާން ޑޮކިއުމެންޓަރީ ގައި ރައީސް މުއިއްޒުގެ ދޮން މަންމަ ސްކީލާން ވާހަކަ ދައްކަނީ- ސްކްރީން އިމޭޖް

ސްކީލާން ޑޮކިއުމެންޓަރީ ގައި ރައީސް މުއިއްޒުގެ ދޮން މަންމަ ސްކީލާން ވާހަކަ ދައްކަނީ- ސްކްރީން އިމޭޖް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ ޕްބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ވަގުތުން ދައްކަމުން ދިޔައިރު، "އަދަދު" ނޫހުން ތައްޔާރު ކޮށްފައިވާ "ސްކީލާން" ޑޮކިއުމެންޓަރީގެ ތަންކޮޅެއް ދެއްކިގެން މައްސަލަ ވަރަށް ގޯސްވެއްޖެއެވެ.

މައްސަލަ ހޫނުވެ، ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ޚިލާފު އަދި ނޫސްވެރި ކަމުގެ މިންގަނޑުތަކާ ޚިލާފު ވީޑިއޯއެއް މޯލްޑިވްސް މީޑިއާ ކައުންސިލުން "ގަސްދުގައި" ދެއްކިކަމަށް ބުނެ ޕީއެސްއެމް އިން ވަނީ ނޫސްބަޔާނެއް ބުރާސްފަތި ދުވަހު ނެރެފައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ވަނީ ލިބިފައެވެ.

މިއީ ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ޑޮކިއުމެންޓަރީ ގައުމީ ފެންވަރުގައި ބަލައިގަނެ އެވޯޑް ދިން ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ ޑޮކިއުމެންޓަރީ އެކެވެ.

އެމްއެމްސީން އިންތިޒާމު ކުރި ކުލަގަދަ ހަފްލާއެއްގައި 2023 ވަނަ އަހަރު ނޫސްވެރި ކަމުގެ ރޮނގުން އެވޯޑް ލިބޭ ކެޓަގަރީތަކާއި ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތައް ދައްކާފައިވާއިރު އޭގެތެރޭގައި "ސްކީލާން" ޑޮކިއުމެންޓަރީގެ މަންޒަރުތަކެއް ވަނީ ލައިވްކޮށް ޕީއެސްއެމް އިން ދައްކާފައެވެ.

ޕީއެސްއެމްއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަރާތައް އެނގުމަކާއި ނުލާ ކުއްލިއަކަށް ޙަފްލާގެތެރޭގައި "ސްކީލާން" ޑޮކިއުމެންޓަރީގެ ވީޑިއޯ ދެއްކީ މީޑިއާ ކައުންސިލުން "ގަސްތުގައި ދުރާލާ ރާވައިގެން" ކަމަށެވެ.

ޕީއެސްއެމްގެ ނޫސްބަޔާނުގައި ބުނެފައިވަނީ  ޕީއެސްއެމް އިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އޮޑިޓޯރިއަލް އަށް ފެތޭ ކޮންޓެންޓަށް ވާންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ޕީއެސްއެމް ގެ އެޑިޓޯރިއަލް ޕޮލިސީއާ އެ ޑޮކިއުމެންޓަރީގެ ކޮންޓެންޓު ޚިލާފުވަނީ ކިހިނެއް ކަމެއް ބުނެފައެއް ނުވެއެވެ.

"ސްކީލާން" އަށް އެވޯޑް ދިން ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ގައުމިއްޔަތު މިނިސްޓަ އާދަމް ނަސީރު އާއި ރައީސް އޮފީހުގެ މީޑިއާ ކަންކަން ބަލަހައްޓަވާ މިނިސްޓަރު އިބްރާހިމް ހަލީލު އާއި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

މި ވީޑިއޯ އޮންއެއަރވި މައްސަލައިގައި ޕީއެސްއެމް އިން ބުނީ، މިކަމަކީ ޕީއެސްއެމް އަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.

މީޑިއާ ކައުންސިލުން މި ވީޑިއޯ ދެއްކި މައްސަލަ ބަލައިދިނުމަށް ޕީއެސްއެމް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.                  

މުއިއްޒުގެ ދޮންމަންމަ ޖީ ސްކީލާން ހުސެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

"ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރަން ޕީއެންސީގެ މެންބަރ ޒަމީރު ގޮވާލައްވައިފި

"ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރަން ޕީއެންސީގެ މެންބަރ ޒަމީރު ގޮވާލައްވައިފި

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު