Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކީލާން ޑޮކިއުމެންޓަރީ

"ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރަން ޕީއެންސީގެ މެންބަރ ޒަމީރު ގޮވާލައްވައިފި

2 ނޮވެމްބަރު 2024 | ހޮނިހިރު 15:39

"ސްކީލާން" އަށް ރައްދުވާ ގޮތައް ޒަމީރު ވިދާޅުވީ، "މިއީ އަޚްލާގީ ނޫސްވެރި ކަމެއް ނޫން" ކަމުގައި

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 15:39
ސްކީލާން - ރައީސް މުއިއްޒުގެ ދޮން މަންނަ - ސްކްރީން އިމޭޖް

ސްކީލާން - ރައީސް މުއިއްޒުގެ ދޮން މަންނަ - ސްކްރީން އިމޭޖް

"ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒަމީރު ގޮވާލައްވައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ތަހުގީގީ ދާއިރާއިން "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ލިބިފައިވާއިރު މި ޑޮކިއުމެންޓަރީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ އުފެއްދުމެކެވެ.

Advertisement - newsAdvertisement

"ސްކީލާން" އަށް ރައްދުވާ ގޮތައް އެކްސް ގައި ކުރެއްވި ޕޯސްޓު ގައި ޒަމީރު ވިދާޅުވީ، "މިއީ އަޚްލާގީ ނޫސްވެރި ކަމެއް ނޫން" ކަމުގައެވެ.

"ޚަބަރުފަތުރާ ވަސީލަތްތަކުން ޕްރޮޕެގެންޑާއާއި ހިވާ ހީކުރުންތަކުގެ މައްޗައް ޚަބަރުފަތުރާ، މީޑިއާގެ ދައުރަށް ބުރޫއަރާ، ރައްޔިތުންގެ އިތުބާރު ގެއްލި، ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިވެގެންދޭ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ރަނގަޅު މަޢުލޫމާތު އޮޅި، އިޖުތިމާއީ ބައިބައިވުންތައް އިތުރުވެގެން ދާނެ،" ސްކީލާން ޑޮކިއުމެންޓަރީ އަށް އަމާޒު ކުރައްވާ ޒަމީރު ލިޔުއްވާފައިވެއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާކަމަށާއި މިއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރު ޒަމީރު އިތުރަށް ވިދާޅުވެފައިވަނީ އިންވެސްޓިގޭޓިވް ޖާނަލިޒަމް އަކީ ބެލެންސްޑް، ހަގީގަތާ ހިލާފު އަދި ހީކުރުން ނުވަތަ އެއްފަރާތައް ބަރޯސާވާ ވާހަކަތަކުން އެއްކިބާވެފައިވާ ނޫސްވެރިކަމަށް ވާންޖެހޭ ކަމަށެވެ.

އެމްއެމްސީ ގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ ޕްބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ވަގުތުން ދައްކަމުން ދިޔައިރު، "ސްކީލާން" ޑޮކިއުމެންޓަރީގެ ތަންކޮޅެއް ދެއްކިގެން މައްސަލަ ގޯސްވެ މީޑީއާ ކައުންސިލްގެ ރައީސް، އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑީއާ ގައި އޭނާ އަދާ ކުރައްވާ ވަޒީފާއިންވެސް ކުއްލި ގޮތަކަށް ވަކި ކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ ވަޒީފާ ރުޖޫއަ ކޮށްދީފައެވެ.

މެމްބަރު ޒަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން "ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ "މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ކަރަޕްޝަންގެ މައްސަލަތައް ބަލާ، އޭސީސީއަށް "އިލްތިމާސް" ކުރައްވާފައެވެ.

މުއިއްޒުގެ ދޮންމަންމަ ޖީ ސްކީލާން ހުސެއިންސްކީލާން ޑޮކިއުމެންޓަރީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ
01 ނޮވެމްބަރު 2024

ޕީއެސްއެމް އިން "ސްކީލާން" ދެއްކިގެން މައްސަލަ ވަރަށް ގޯސްވެއްޖެ!

01 ނޮވެމްބަރު 2024
ޕީއެސްއެމް އިން "ސްކީލާން" ދެއްކިގެން މައްސަލަ ވަރަށް ގޯސްވެއްޖެ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް