Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބާ އަބްދުއްރަހީމްގެ އޯޑިއޯ

ލީކްވި އޯޑިއޯގައި ވަނީ އަބްދުއްރަހީމްގެ އަޑު ކަމަށް އިންކާރެއް ނުކުރެއްވި!

17 އޯގަސްޓު 2017 | ބުރާސްފަތި 10:17

އޯޑިއޯގައި ހިމެނެނީ ކާކުގެ އަޑެއްކަން އެނގޭނީ އޯޑިއޯ ލީކްކުރި ބަޔަކަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 17 އޯގަސްޓު 2017 | ބުރާސްފަތި 10:17
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ޕީޕީއެމްގެ މިހާރުގެ ނައިބު ލީޑަރު އަބއްރަހީމް އަބްދުﷲއާ ދެ ބޭފުޅުން ދައްކަވާފައިވާ ކަމަށް ވާހަކަތަކެއް ކަމަށް ބެލެވޭ އޯޑިއޯ ލީކްވެފައިވާއިރު އެ އޯޑިއޯގައި ވަނީ އަބްދުއްރަހީމް އަޑު ނޫން ކަމަށް ވިދާޅުވާން އޭނާ އިންކާރުކުރައްވައިފި އެވެ.

ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އޯޑިއޯގައި ހިމެނެނީ ކާކުގެ އަޑެއްކަން އޯޑިއޯ ލީކްކުރި ބަޔަކަށް އެނގޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ އެތަށް އޯޑިއޯއެއް ލީކްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމުގައި އެއްވެސް ފަރުވާލެއް، އަދި ޖެހިލުމެއް ވެސް ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެ އޯޑިއޯގައި ހިމެނެނީ އަބްދުއްރަހީމްގެ އަޑުތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ސުވާލަށް ޖަވާބު ނުދެއްވާ އަބްދުއްރަހީމް ވިދާޅުވި، އެކަން އެނގޭނީ އޯޑިއޯއެއް ލީކްކުރި ބަޔަކަށް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އެ ލީކްކުރި ބަޔަކަށޭ އެންމެ ރަނގަޅަށް އެނގޭނީ ކާކުގެ އަޑުކަމެއް. އެއީ އެކަމުގައި އަޅުގަނޑުދޭން އޮތް ޖަވާބު. އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް ކުރިއަށް އޮތްތަނުގައިވެސް އެފަދަ އެތަށް އޯޑިއޯއެއް ނުކުންނާނެއޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް އެއް މިނެޓް ތިރީސް ސިކުންތުގެ އެ އޯޑިއޯއަކީ އަދީބާއި އަބްދުއްރަހީމްއާ ދެމެދު ކުރެވުނު ފޯނު ކޯލެއް ކަމަށް ބެލެވެއެވެ.

އޯޑިއޯ ފަށައިގަންނަ އިރު، އިވެނީ ސައިކަލު ބުރަކަށް އަދީބު ނިކުމެވަޑައިގެންނެވުމާ ގުޅޭ ގޮތުން ދެބޭފުޅުންގެ މެދުގައި ދައްކާ ވާހަކަ އެވެ. އެގޮތުން "ސައިކަލަކަށް އަރައިގެން ނިކުތީ ދޯ" އޭ އަބްދުއްރަހީމް ވިދާޅުވުމުން، ފްރޮންޓްލައިންގައި ތިބޭ މީހުން ނިކުންނަންޖެހޭ ކަމަށް އަދީބު ވިދާޅުވެއެވެ.

އެއަށްފަހު ދާއިރާގެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވަ އެވެ. ދާއިރާ ކިހިނެއްތޯ އަދީބު ސުވާލު ކުރައްވަ އެވެ. އަދި "މައްސޫދު" ކިޔާ މީހަކު "ބަނޑަހަ ޖަހައިގެން ތިތާ އެބަހުރި ދޯ" އޭ އަދީބު ސުވާލުކުރައްވަ އެވެ.

"މައްސޫދާ" ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ "މައްސޫދު" އެބަހުރި ކަމަށާއި "އެމީހުން ކުލަ އާއި ހުރިހާ ސާމާނުތަކެއް މިތަނަށް އަޅާލާފައި" އެބަހުރި ކަމަށެވެ. އަދި ވަކިވަކި ފަރުދުންނަށް "ކުދި ކުދި އެއްޗެހި ވައްޓާލައިގެން" ކަންކަން ކުރަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ.

އެއަށްފަހު "މުޅި އެތި ފުނޑާލެވޭނެތޯ" އަދީބު ސުވާލުކުރައްވަ އެވެ. އަބްދުއްރަހީމް ވިދާޅުވި "ފުނޑާލެވޭނެ" ކަމަށާއި އެހެން ނަމަވެސް ދެ ދުވަސް "މިތަނުގައި" ހުންނަން ޖެހިދާނެ ކަމަށެވެ. "މިހާރަކު ނޫން މިރޭ މަ ދާނަން، ތިކޮޅަށް ގޮސްފަ ބޮޑު ޖަލްސާ ކަންތައް ކޮށްލާފަ، ދެ ދުވަހެއް ވަރު" އަބްދުއްރަހީމް ވިދާޅުވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައި ވަނީ "ނަގަންޖެހޭ" ވަރަށް ވަރުގަދަ ދެ އާއިލާއެއް އެބައުޅޭ ކަމަށެވެ. އެގޮތުން އެއީ "އަބްދުﷲ" އަކާއި "މޫސައިދީ" ކިޔާ މީހެއް ކަމަށް އޭނާ ވިދާޅުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް