Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ނިސްޓަލްރޫއި ހުރީ ޔުނައިޓެޑަށް އެހީތެރިވާން ތައްޔާރަށް

އައު ކޯޗު އައުމާއެކު ވެސް، އޭނާ ކުރިން ހުރި އެސިސްޓެންޓު ކޯޗުކަމުގެ މަޤާމުގައި މި ސީޒަންގައި ވެސް އަދި ކުރިއަށް އޮތް ސީޒަންގައި ވެސް ހުންނާނެ ކަމަށް ނިސްޓަލްރޫއި ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 04:57
ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗު އަދި ވަގުތީ ކޯޗު ނިސްޓަލްރޫއި

ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗު އަދި ވަގުތީ ކޯޗު ނިސްޓަލްރޫއި

މިވަގުތު މެންޗެސްޓަރ ޔުނައިޓެޑު އޮތީ ވަރަށް ދަތި އުނދަގޫ ޙާލަތެއްގައި ކަމަށާއި، ކުލަބަށް އެހީތެރިވުމަށް ފުރިހަމަ އަށް ތައްޔާރަށް ހުރި ކަމަށް އެ ކުލަބުގެ ވަގުތީ ކޯޗު ރޫޑް ވެން ނިސްޓަލްރޫއި ބުނެފި އެވެ.

މިދިޔަ ހަފުތާާގެ ތެރޭގައި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަޤާމުން ނެދަލެންޑްސްގެ އެރިކް ޓެން ހާގް ވަކިކޮށްފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ޔުނައިޓެޑުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައި ވުމުންނެވެ. އޭގެ ފަހުން ޔުނައިޓެޑުން ދާއިމީ ކޯޗެއް ހޯދުމާ ހަމައަށް، ވަގުތީ ކޯޗަކަށް ހަމަޖެއްސީ އެސިސްޓެންޓު ކޯޗުގެ ގޮތުގައި ހުރި ނިސްޓަލްރޫއި އެވެ. ޔުނައިޓެޑުން ދާއިމީ ކޯޗެެއް ހޯދުމުގެ މަސައްކަތްގެ ތެރެއިން މިހާރު ވަނީ ސްޕޯޓިން ގައި ހުރި ރުބެން އަމޯރިމް ގެނެސްފަ އެވެ.

ނިސްޓަލްރޫއިގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗަކީ ކަރަބޯ ކަޕްގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން މޮޅުވެ ޔުނައިޓެޑު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ނިސްޓަލްރޫއި ބުނީ، ޔުނައިޓެޑު އޮތީ ދަތި ޙާލަތެއްގައި ކަަމަށެވެ. އަދި މިއީ އެއްވެސް މީހަކު ކުލަބު އޮންނަން ބޭނުންވި ހިސާބު ނޫން ކަމަށާއި، އެއްވެސް މީހަކު ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ޔުނައިޓެޑުގައި އޭނާ ހުރީ އެ ކުލަބަށް އެހީތެރިވާން ބޭނުން ވެގެން ކަމަށް ވެސް ނިސްޓަލްރޫއި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ޔުނައިޓެޑުން ދާއިމީ ކޯޗެއް ހޯދި ނަމަވެސް، ކުލަބުގައި ހުންނަން އޭނާ ބޭނުންވާ ކަމަށެވެ. އެހެންކަމުން އައު ކޯޗު އައުމާއެކު ވެސް، އޭނާ ކުރިން ހުރި އެސިސްޓެންޓު ކޯޗުކަމުގެ މަޤާމުގައި މި ސީޒަންގައި ވެސް އަދި ކުރިއަށް އޮތް ސީޒަންގައި ވެސް ހުންނާނެ ކަމަށް ނިސްޓަލްރޫއި ބުންޏެވެ. އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި ޔުނައިޓެޑަށް އައީ ކުލަބަށް އެހީތެރިވުމަށް ކަަމަށާއި، އެކަން ކުރުމުގައި ދެމި ހުންނަން ހިތްވަރު ލިބިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރޫޑް ވެން ނިސްޓަލްރޫއި

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު