Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

މަދުވެގެން 93 މީހުން ޝަހީދުކޮށްލާ ގަތުލުއާންމެއް ހިންގުމަށްފަހު އިޒްރޭލުން އަނެއްކާވެސް ބައިތް ލަހިޔާއަށް ބޮންއަޅައި 19 މީހުން ޝަހީދުކޮށްލައިފި

30 އޮކްޓޯބަރު 2024 | ބުދަ 06:13

ޣައްޒާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި 100،000ށްވުރެ ގިނަ މީހުން ގާޒާގެ އުތުރުގައި ކާނާއާއި ފެން ނުލިބި ބަނޑުހައި ހޫނުކަމުގައި ބަންދުވެފައި ތިބިއިރު، އެތައް ބަޔަކު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުވެފައި އެބަތިއްބެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2024 | ބުދަ 06:13
ސުންނާފަތިވެފައިވާ އިމާރާތެއްގެ ތެރެއިން ފަލަސްތީން މީހެއްގެ ހަށިގަނޑު ނެރެނީ

ސުންނާފަތިވެފައިވާ އިމާރާތެއްގެ ތެރެއިން ފަލަސްތީން މީހެއްގެ ހަށިގަނޑު ނެރެނީ

ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ބައިތް ލަހިޔާގައި އިޒްރޭލުން ހިންގި ގަތުލުއާންމެއްގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 93ށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލުމަށްފަހު އަނެއްކާވެސް ބައިތް ލަހިޔާއަށް ބޮންއަޅައި މަދުވެގެން 19 މީހުން ޝަހީދުކޮށްލައިފިއެވެ.

ގާޒާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި މިހަމަލާ އައީ އަންގާރަ ދުވަހުގެ ރޭގެ މެންދަމު ވަގުތެއްގައެވެ. އަދި މި ހަމަލާގައި ގާޒާގެ އަލް ލޫހު ޢާއިލާއަށް ނިސްބަތްވާ އެތައް ގެއެއް ސުންނާފަތިވެ ބިމާ ހަމަވެފައިވާ ކަމަށް ޣައްޒާގެ ދިފާއީ ވުޒާރާއިން މައުލޫމާތުދެއެވެ.

ޔަހޫދީ ބާރުތަކުން މިހަމަލާ ދީފައި މިވަނީ އޭގެ ކުރީ ދުވަހު ބައިތް ލަހިޔާގެ އަބޫ ނަޞްރު ޢާއިލާއަށް ނިސްބަތްވާ 5 ބުރީގެ އިމާރާތަކަށް ބޮންއަޅައި، މަދުވެގެން 93 މީހުން މަރާލައި، އެތައް ބަޔަކު ޒަޚަމްކުރުމަށްފަހުގައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 25 ކުޑަކުދިން ހިމެނެއެވެ.

މިހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ބުނެފައިވަނީ "މި ހަމަލާއާ ބެހޭ ރިޕޯޓުތައް ބަލަމުންދާ،" ކަމަށެވެ.

މީގެއިތުރުން، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުން (އޯއެޗްސީއެޗްއާރު) ބުނެފައިވަނީ އިޒްރޭލުން ދިން މިހަމަލާއާ މެދު "ހައިރާންވާ،" ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ޣައްޒާގައި އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވި ހަމަލާކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. ހަމައެއާއެކު، ހަމަލާއާ ގުޅޭގޮތުން އދ. ގެ އިންސާނީ އެހީގެ އޭޖެންސީ (އޯޗާ) އިން ބުނެފައިވާ ގޮތުގައި އަބޫ ނަޞްރު ޢާއިލާއަށް ދިން ހަމަލާއަކީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޣައްޒާގައި އެންމެ ގިނަ މީހުން މަރުވި 7 ހާދިސާގެ ތެރެއިން އެކެވެ.

އުތުރު ޣައްޒާގައި އިޒްރޭލުން ހިޞާރުކުރާތާ 26 ދުވަސްވެފައިވާއިރު، އިޒްރޭލުން ބައިތް ލަހިޔާއަށް ދެމުންދާ ވައިގެ އަދި އެއްގަމުގެ ހަމަލާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި މި ހަމަލާތައް ދެމުން މިދަނީ ހަމާސްގެ ހަނގުރާމަވެރިން އުތުރުގައި އަލުން އެއްވުން ހުއްޓުވުމަށެވެ. ނަމަވެސް އިޒްރޭލުން މިހެން ބުނެފައިމިވަނީ މިއީ މިއަހަރުގެ ކުރީކޮޅު އެ ސަރަހައްދުން ހަމާސް ޖަމާއަތް އެއްކޮށް ފުހެލާފައިވާ ކަމަށް ބުނުމަށްފަހުގައެވެ.

ޣައްޒާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި 100،000ށްވުރެ ގިނަ މީހުން ގާޒާގެ އުތުރުގައި ކާނާއާއި ފެން ނުލިބި ބަނޑުހައި ހޫނުކަމުގައި ބަންދުވެފައި ތިބިއިރު، އެތައް ބަޔަކު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުވެފައި އެބަތިއްބެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މީހުން ސަލާމަތްކުރާ ޓީމަށް އެމީހުންނާ ހަމައަށް ނުދެވޭކަން ވެސް ދިފާއީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިސްރާއީލް އަސްކަރިއްޔާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް