Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ޗެލެންޖް ލީގު

ދެ ވަނަ މެޗުގައި އަލް އަރަބީ އަތުން ވެސް މާޒިޔާ ބަލިވެއްޖެ

މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ އަރްކަޑަގް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2024 | ބުދަ 03:41
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް އަރަބީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް އަރަބީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އޭއެފްސީ ޗެލެންޖު ލީގުގައި ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުޅުނު ދެ ވަނަ މެޗުގައި އަލް އަރަބީ އަތުން ވެސް ބަލިވެއްޖެ އެވެ.

އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ ހިމެނިފައި އޮތީ ގުރޫޕު ބީ ގައެވެ. މި ގުރޫޕުގައި މާޒިޔާ އާއި އަރްކަޑަގްގެ އިތުރުން ދެން ހިމެނެނީ، ކުވޭތުގެ އަލް އަރަބީ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އެވެ. ފުރަތަމަ މެޗުގައި އަރްކަޑަގް އަތުން މާޒިޔާ ބަލިވީ ލަނޑު ޖަހައި ލީޑު ވެސް ހޯދާފައި ވަނިކޮށެވެ. ދެ ވަނަ މެޗުގައި އަލް އަރަބީ އަތުން ބަލިވީ 2-0 އިންނެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އަލް އަރަބީން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމުން ވަނީ މާޒިޔާ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އަލް އަރަބީ އަށް ޖަހައިދިނީ ޔޫސުފު މަޖީދު އެވެ. ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ފަހުން އަލް އަރަބީން ވަނީ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ޚަލަފު އެވެ.

އޭގެ ފަހުން މާޒިޔާ އިން ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ވިލްކުސަން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ދެ ފުުރުސަތުގެ ބޭނުމެއް އޭނާ އަށް ނުހިފުނެއެވެ.

މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ އަރްކަޑަގް އެވެ. އެ ޓީމަށް ހަ ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް އަލް އަރަބީ އަދި އަބްޑީޝް އަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވެފައިވާ މާޒިޔާ އެވެ.

އޭއެފްސީ ޗެލެންޖް ލީގްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު