Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާ

އޭސީސީ އާއި އީސީގެ ރައީސާއި ނައިބު، އައްޔަންކުރެއްވުމުގެ ބާރު މުއިއްޒު ނަންގަވަނީ

27 އޮކްޓޯބަރު 2024 | އާދީއްތަ 18:07

މި ބަދަލުގެ ބޭނުމަކީ މުއިއްޒު ބޭނުންފުޅުވާ ފަރާތްތަކެއް މި ދެ މުއައްސަސާގެ އެންމެ އިސް ވެރިންގެ ގޮތުގައި އައްޔަން ކުރުމަށް މަގު ފަހިކުރުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 18:07
އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި

އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން، (އީސީ) ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅައިފިއެވެ.

މި ބަދަލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުގައި މިހާރު އޮތްގޮތް ކަމަށްވާ އޭސީސީ އަދި އީސީގެ ރައީސާއި ނައިބު ރައީސް އެ ކޮމިޝަނުތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އައްޔަން ކުރާ ގޮތައް އޮންނަ އޮތުން ބަދަލުކޮށް، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަނީ ހުށަހަޅާފައެވެ. އަދި ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާ ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް މިގެންނަ ބަދަލުގައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް އޮތުމާއެކު، އަދި އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައިވެސް ހުންނެވުމާއެކު، މި ބަދަލުގެ ބޭނުމަކީ މުއިއްޒު ބޭނުންފުޅުވާ ފަރާތްތަކެއް މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ގޮތުގައި ހިންގުމަށް ގާނޫނު ލާޒިމު ކުރާ މި ދެ މުއައްސަސާގެ އެންމެ އިސް ވެރިންގެ ގޮތުގައި އައްޔަން ކުރުމަށް މަގު ފަހިކުރުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ،

އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ދެ ކޮމިޝަނުގެވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭ ނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުތަކުގައިވާގޮތުން އޭސީސީއާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ގެންނަ ބަދަލާއެކު، މިނިވަން މުސްތަގިއްލު ކޮމިޝަން ތަކުގެ ގޮތުގައި ހިނގަމުން އަންނަ މި ދެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އިލެކްޝަންސް ކޮމިޝަންއޭސީސީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް