Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ޗެލެންޖް ލީގު

ފުރަތަމަ މެޗުގައި އަރްކަޑަގް އަތުން މާޒިޔާ ބަލިވެއްޖެ

ޗެލެންޖު ލީގުގައި މާޒިޔާގެ ދެ ވަނަ މެޗުގައި އަލް އަރަބީއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 05:59
އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

އޭއެފްސީ ޗެލެންޖު ލީގުގައި ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުޅުނު ފުރަތަމަ މެޗުގައި ތުރުކެމިނިސްތާންގެ އަރްކަޑަގް އަތުން ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އަރްކަޑަގްއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވެފައި ވަނީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މާޒިޔާ އިންނެވެ. ނަމަވެސް އަރްކަޑަގް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މާޒިޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ފުރަތަމަ ހާފުގެ ނިމެން ކުޑަ ވަގުތު ކޮޅަަކަށް ވެފައި ވަނިކޮށް، މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ އޭއެފްސީ ޗެލެންޖު ލީގާ ދިމާކޮށް މާޒިޔާ އަށް ގެނައި ފަލަސްޠީނުގެ މިޑްފީލްޑަރު ޖޮނަތަން ކަންޓިއާނާ ޖެހި ލަނޑުންނެވެ. އެ ލަނޑު އޭނާ ޖެހީ އަލީ ފާޞިރު (ސެންޓޭ) ނެގި ހުރަހެއްގައި ލިބުނު ބޯޅައެއް ބޭނުންކޮށްގެންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އަރްކަޑަގް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މާޒިޔާގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑުރްޑިއޭވް އެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އަރްކަޑަގް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަނަދު އަދިއޭވު އެވެ.

އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ ހިމެނިފައި އޮތީ ގުރޫޕު ބީގަ އެވެ. މި ގުރޫޕުގައި މާޒިޔާ އާއި އަރްކަޑަގްގެ އިތުރުން ދެން ހިމެނެނީ، ކުވޭތުގެ އަލް އަރަބީ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އެވެ. މި ގުރޫޕުގައި އަބްޑީޝް އިން ވަނީ އަލް އަރަބީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅޫވެފަ އެވެ. ޗެލެންޖު ލީގުގައި މާޒިޔާގެ ދެ ވަނަ މެޗުގައި އަލް އަރަބީއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހު އެވެ.

އޭއެފްސީ ޗެލެންޖް ލީގްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު