Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން

ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ކުރިއަށްދާނެ: މިނިސްޓްރީ

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލު އައިސްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 06:50
ކުރީ ސަރުކާރުގައި ގުޅީފަޅުން ބިން ދޫކޮށްފައިވާ ސަރަހައްދު

ކުރީ ސަރުކާރުގައި ގުޅީފަޅުން ބިން ދޫކޮށްފައިވާ ސަރަހައްދު

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ މީހުންގެ އިތުރުން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު މީހުންގެ މެދުގައި 4 ޖޫން 2024 ގައި ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ މީހުންގެ މެދުގައި ގުރުނެގުން 29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ގުރުނެގުން ފަށާއިރު، ގުޅީފަޅުގެ ބިން ލިބޭ މީހުންގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މިނސްޓްރީގެ މުވައްޒަފުން ކަމަށެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުން ބިން ލިބޭ މީހުންގެ ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ބިން ލިބޭ މީހުންގެ ބަދަލުގައި އެހެން މީހަކު ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ މީހާގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ހާޒިރުވުމަށް ވަނީ އެދިފައެވެ.

ގޯތިލިބޭ މީހުންގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ މީހުންނާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު، ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތަކާއި، ފްލެޓުތައް ދޫކުރުމުގައި މިސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ ސިލްސިލާ މުޒާހަރާތަކެއް އާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި ފްލެޓު ލިސްޓް ވެސް މިމަހުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިތުބާރެއްނެތް ކަމަށާއި، ފްލެޓު ލިސްޓް ވެސް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބައެއް އާއްމުން ދަނީ ތުހުމަތު ކުރަމުންނެވެ.

ގުޅީފަޅުބިންވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު