Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސް އިތުރުކުރުން

"ފައިސާ ހުރި ބޭފުޅުން ބިޒްނަސް ކުލާހުންވެސް ދަތުރުކުރާނެ" - ޝުޖާއު ދިވެހިންނަށް ކުރި މަލާމާތެއް؟

"ފައިސާ ހުރި ބޭފުޅުން ބިޒްނަސް ކްލާހުންވެސް ދަތުރުކުރާނެ" ކަމަށް ޝުޖާއު ވިދާޅުވުމުން އާއްމުންގެ އިންތިހާ ނުރުހުމާއި އޭނާ އަށް ވަނީ ކުރިމަތިލާން ޖެހިވަޑައިގަންނަވާފައެވެ. ގިނަ މީހުން ބުނަނީ އެއީ ދިވެހިންނަށް ކުރި މަލާމާތެއް ކަމަށެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2024 | އަންގާރަ 14:14
މެމްބަރު އިބްރާހިމް ޝުޖާއު

މެމްބަރު އިބްރާހިމް ޝުޖާއު

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއެވެ. ބާރަށު ދައިރާގެ މެމްބަރު އިްބރާހިމް ޝުޖާއު ވާހަކަދައްކަވަމުން ދިޔައީ ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައެވެ. ޖަޒުބާތުގައި ދެއްކެވި ވާހަކައަކުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު އަށް ރައްޔިތުންގެ އިންތިހާ ނުރުހުން އަމާޒުވިއެވެ. ހޫނުފެނަށް ވެއްޓިވަޑައިގަތީކަމަށް ވެސް ބުނެވިދާނެއެވެ. ދައްކަމުން ގެންދެވި ވާހަކައަކީ މި ސަރުކާރުން ޓެކްސް ބޮޑު ކުރިޔަސް ރައްޔިތުންނަށް ގެއްލުން ނުވާނެކަން ދޭހަކޮށްދެއްވުމަށް ދެއްކެވި ވާހަކައެވެ.

އެކަމަކު އެ ވިދާޅުވި ބަސްފުޅަކުން ކުޑަައިމީސް ކުރެވުނީ އާއްމު ރައްޔިތު މީހާއަށެވެ. "ފައިސާ ހުރި ބޭފުޅުން ދަތުރުކުރައްވާނެ ބިޒްނަސް ކްލާހުންވެސް" ވަރަށް އާދައިގެ ގޮތަކަށް މި މަނިކުފާނު ވިދާޅުވިއެވެ. ތިމަންނާ މެންވެސް ލާރި ނެތިއްޔާ ދަތުރުކުރަނީ އިކޮނޮމީ ކްލާހުން ކަމަށް ވިދާޅުވިއެވެ. ދެން ލާރިއެއް އަތަށް އަރާ ވަގުތެއްގަ ވިއްޔާ ބިޒްނަސް ކްލާހުން ދަތުރުކުރަނީ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ފައިސާ ހުރި ބޭފުޅުން ބިޒްނަސް ކްލާހުން ދަތުރުކުރާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ވެގެން ދިޔައީ ރައްޔިތުންނަށް ކުރި މަލާމާތަކަށެވެ. އެ ވިދާޅުވީ ތެދުފުޅެކެވެ. ދިވެހިންގެ ތެރޭގައި ގިނަ ވާނީ އުމުރު ދުވަހުވެސް ބިޒްނަސް ކްލާހުން ދަތުރު ނުކުރާ މީހުންނެވެ. ޝުޖާއު އެ ވިދާޅުވާ ފައިސާ ނެތް ވަގުތު ނޫން ވަގުތެއް ގިނަ ދިވެހިންނަކަށް ނާންނާނެއެވެ. އެއީ ބިޒްނަސް ކްލާހުގައި ދަތުރުކޮށްލުމުގެ ތަނަވަސްކަން ހުންނަނީ ދިވެހިންގެ ތެރެއިން މަދު ބައެއްގެއެވެ. އިކޮނޮމީ ކްލާހުގައި ވެސް ދަތުރުކުރަނީ ގިނަ ފަހަރު ފައިސާ ރައްކާކޮށްގެން ވަރަށް ދުރާލާ ކަންކަން ރާވައިގެންނެވެ. މަޖިލީހުގެ މެމްބަރަކަށް، ވިޔަފާރިވެރިޔަކަށް ބިޒްނަސް ކުލާހުގައި ދަތުރުކުރުން އާދައިގެ އާއްމުކަމަކަށް ވިޔަސް އެއީ ގިނަ ދިވެހިން ދަންނަ ދެނެ ފަރިތަކަމެއް ނޫނެވެ. އެހެންވީމަ ދިވެހިންގެ ހައިސިއްޔަތު ގުޅެނީ ބިޒްނަސް ކްލާހުން ދަތުރުކުރުމާއި ނުކުރުމުގެ މައްޗަށް ކަމަށް ހީފުޅު ވާނަމަ އެއީ ކުށްހީއެކެވެ. އަދި އެއީ ދިވެހިން ދަށްކޮށްލުން ކަަމަށް ބުނާ ނަމަ ދިވެހިންގެ އާއްމު ދިރިއުޅުމުގެ ހާލަތު ހަމަ އެނގިވަޑައި ނުގަންނަވަނީތާއެވެ. ބިޒްނަސްކްލާހުގައި ދަތުރު ނުކުރެވިގެން ދިވެހިންގެ ހައިބަތު ދަށް ވާކަމަށް ވާނަމަ ގިނަ ދިވެހިންގެ އެ ވިދާޅުވާ ފަދަ ހައިސިއްޔަތެއްވެސް ހައިބަތެއް ވެސް ނެތެވެ. އާއްމު މީހާގެ އިހުސާސްތައް އެނގޭނަމަ މިޒާތުގެ ވާހަކަތައް ނުދައްކަވާނެކަން ގައިމެވެ.

ދެން ވެސް ދެއްކެވީ ހަމަ މިޒާތުގެ ވާހަކަފުޅުތަކެކެވެ. ޝުޖާއު ވަނީ މި ސަރުކާރު ވެރިކަމަށް އައި އިރު ދައުލަތަކީ ހުސް ތޮށި ގަނޑެއް ކަމަށް ސިފަކުރައްވާފައެވެ. ވެރިކަން ލިބިއްޖެ ނަމަ އިގްތިސާދު ހިންގާނެ ގޮތް އެނގޭ ކަމަށް ބުނެ، ގައުމުގެ އިގްތިސާދު ކުރިއަރުވާނެ ކަމުގެ ވައުދުވެގެން މި ސަރުކާރު އައި ނަމަވެސް އެކަން އެގޮތަށް ނުހިނގާތީ އާއްމުން ފާޑުކިޔަމުންދާއިރު ބިޒްނަސް ކްލާހުގައި ދަތުރުކުރުމާއި ޓެކުހާއި މެދު މި ދައްކާ ވާހަކަތަކުން އާއްމުންގެ ރުޅި ވާނީ ހައްތަހާ ގަދައެވެ. ޚާއްސަކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް ސަރުކާރުން ވިސްނާތީ އެކަމާއި މެދު ސުވާލުކުރުމުން ރައްޔިތުންނަށް މިފަދަ މަލާމާތާއި ހުޝާމަތު ރައްދުވުން އެއީ ދިވެހިން ބަލައިގަންނާނެ ހަޖަމްކުރާނެ ކަމެއް ވެސް ނޫނެވެ. އަދި އެވަރަކުން ނިމުނީކީ ނޫނެވެ. ޓެކްސް އިތުރު ކުރުމާއި މެދު ރާގު ހުރި ގޮތް ނިކަން ބައްލަވާށެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މި ވަގުތު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ބުނާ އިރު ވެރިކަމަށް ވަޑައިގަންނަވަން އެއާއި ޚިލާފު ވާހަކަތަކެއް ދައްކަވަން ޖެހިވަޑައިގަތީ ކީއްވެތޯ ރައްޔިތުން ސުވާލުކުރާނެ ނޫންތޯއެވެ. މިއަދު ޝުޖާއު މެން އެ ވިދާޅުވަކީ ޓެކްސް ނަގަން ޖެހެނީ ދައުލަތަށް ލާރިކޮޅެއް ބޭނުންވާތީ ކަމަށެވެ. މިވަރުންވެސް ބުނަންވީ ހާދަހާވާ ރަނގަޅޭ، ހާދަހާ ހެޔޮފުޅޭތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު