Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުން

މި ސަރުކާރަށް އެއްވެސް ގޮތެއް ނެތް، ފައިސާ ޗާޕު ކުރާނެ: އަމީރު

މި ސަރުކާރަށް 11 މަސް ވެގެންދިޔައިރު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2024 | ހޯމަ 08:24
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް އެއްވެސް ގޮތެއް ނެތި ފައިސާ ޗާޕު ކުރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި ގުޅޭގޮތުން އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުން ސަރުކާރުން އާޖެންޓް ރީފޯމްތަކެއް ގެންނަންޖެހޭ ކަމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށާއި، އެ ރީފޯމްތައް ގެނައުމުގެ ގާބިލްކަން މި ސަރުކާރުގެ ނެތް ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރަށް 11 މަސް ވެގެންދިޔައިރު، ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ބަޖެޓް ސަޕޯޓަށް ހިލޭ އެހީގެ ގޮތުގައި ބޭރުގެ އެއްވެސް ގައުމަކުން ފައިސާ ނުލިބޭ ކަމަށެވެ. އަދި ފައިސާ ޕްރިންޓް ކުރުން ނޫން ގޮތެއް ނެތް ކަމަށާއި، އެމަސައްކަތް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުގެ ނާގާބިލްކަމުން ކުރިއަށް އޮތްތަނުގައި އިގްތިސާދީ ހާލަތު ދަށްވެ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ފައިސާ ހޯދުމަށް ހިމަނާފައިވާ އެއްވެސް އަދަދަކަށް މިސަރުކާރަށް ބޭރުން ފައިސާ ހޯދިފައިނުވާ ކަމަށެވެ. އަދި ދަރަނި ނޫން ގޮތަށް ބަޖެޓް ސަޕޯޓަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިރު ފައިސާ ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ސަރުކާރުގެ ހިއްސާ އޮންނަ އެކިއެކި ކުންފުނިތަކުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގޮތަށް މިކަން އަބަދު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު މެނޭޖް ނުކުރެވޭ ކަމަށާއި، އިގްތިސާދީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ މިސަރުކާރަކީ ނާގާބިލް ސަރުކާރެއް ކަމަށާއި، އެކަންކަން ގައުމުގެ ހުރިހާ ދިމާލަކުން ފެންނަ ކަމަށެވެ. އަދި ސަރުކާރު ހިންގުމަށް ކުރިއަށް އޮތްތާގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު