Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

ހިޒްބުﷲ އިން އިޒްރޭލަށް ޑްރޯން ހަމަލާ ދީފި، 3 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ

13 އޮކްޓޯބަރު 2024 | އާދީއްތަ 18:49

މިއީ މިދިޔަ ދެ ދުވަހުގެ ތެރޭގައި އިޒްރޭލަށް ޑްރޯން ބޭނުންކޮށްގެން ހިޒްބުﷲ އިން ހަމަލާދިން ދެވަނަ ފަހަރެވެ

ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 18:49
އިޒްރޭލުގެ ބިންޔާމީނާ ސިޓީއަށް ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާގެ ސަބަބުން ސަރަހައްދު ހަލަބޮލިވެފައި

އިޒްރޭލުގެ ބިންޔާމީނާ ސިޓީއަށް ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާގެ ސަބަބުން ސަރަހައްދު ހަލަބޮލިވެފައި

ހިޒްބުﷲ އިން އިޒްރޭލަށް ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލުން 3 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ދެ ޑްރޯން ހަމަލާ ދިން ކަމަށް ހިޒްބުﷲ އިން ވަނީ  ބުނެފައެވެ. ހަމަލާދިނީ ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަ ކަން ހާމަކުރުމުގެ ގޮތުންނާއި ލުބުނާނާއި ލުބުނާނުގެ ރައްޔިތުންގެ ދިފާއުގައި ކަމަށް ބުނެފައިވެއެވެ.

ހަމަލާދީފައިވަނީ އިޒްރޭލުގެ ބިންޔާމީނާ ސިޓީ ގެ ގޯލާނީ ބްރިގޭޑް ކޭމްޕަށް ކަމަށްވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. 

ގޯލާނީ ބްރިގޭޑަކީ އިޒްރޭލުގެ އަސްކަރިއްޔާގައި ހިމެނޭ ފަސް އިންފެންޓްރީ ބްރިގޭޑުގެ ތެރެއިން އެއް ބްރިގޭޑެވެ. 

މިއީ ވަރަށް ފުރިހަމަ އަށް ތަމްރީންތައް ހަދާ ހަނގުރާމައިގެ މައިދާނަށް ފޮނުވުމަށް ތައްޔާރަށް ތިބޭ ބްރިގޭޑެއް ކަމަށާއި އެމީހުންނަކީ އިޒްރޭލު ސިފައިންގެ އެންމެ މޮޅު ޔުނިޓްތަކުގެ ތެރެއިން އެއް ޔުނިޓްގެ ގޮތުގައި ބެލެވޭ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.                   

އެހެން ބަޔާނެއްގައި، އެ ޖަމާޢަތުން ބުނެފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިމުގައިވާ އިޒްރޭލުގެ ސްނޯބަރ ލޮޖިސްޓިކްސް ބޭސްއަކަށް ވެސް މިސައިލް ހަމަލާދީފައިވާ ކަމަށެވެ. 

އިޒްރޭލުގެ އާމީ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ރޭގެ ހަމަލާގައި އިޒްރޭލުގެ 3 ސިފައިންގެ މީހުން މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފައެވެ. އިޒްރޭލުގެ އެމްބިއުލަންސް ސަރވިސްއިން ބުނެފައިވަނީ އަނިޔާވެފައިވާ މީހުންގެ އަދަދު 67ށް އަރާފައިވާ ކަމަށެވެ.

އިޒްރޭލުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކުގެ ސަބަބުން، ޑްރޯން ނުވަތަ މިސައިލުތަކުން މިހާ ގިނަ މީހުންނަށް ގެއްލުން ލިބުމަކީ ނާދިރު ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ލުބުނާނުން ފޮނުވާލި ދެ ޑްރޯންގެ ތެރެއިން އެއް ޑްރޯން ވައިގެ ދިފާއީ ނިޒާމުން ވަނީ ހުރަސް އަޅާފައެވެ. 

ހަމަލާގައި ޒަޚަމްވީ ސިފައިން ކަމެއް ނުވަތަ އާންމު ރައްޔިތުންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ދެ ދުވަހުގެ ތެރޭގައި އިޒްރޭލަށް ޑްރޯން ބޭނުންކޮށްގެން ހިޒްބުﷲ އިން ހަމަލާދިން ދެވަނަ ފަހަރެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
25 ނޮވެމްބަރު 2024

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި
25 ނޮވެމްބަރު 2024

ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި

25 ނޮވެމްބަރު 2024
ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި
23 ނޮވެމްބަރު 2024

ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު

23 ނޮވެމްބަރު 2024
ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު
23 ނޮވެމްބަރު 2024

ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ

23 ނޮވެމްބަރު 2024
ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ
23 ނޮވެމްބަރު 2024

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ

23 ނޮވެމްބަރު 2024
ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ
22 ނޮވެމްބަރު 2024

އިޒްރޭލުގެ ބާރުތަކުން ބުރާސްފަތި ދުވަހު ލުބުނާނުގެ 52 މީހުން މަރާލައިފި

22 ނޮވެމްބަރު 2024
އިޒްރޭލުގެ ބާރުތަކުން ބުރާސްފަތި ދުވަހު ލުބުނާނުގެ 52 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް