Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅު

އިންޑިއާގެ ފަތުރުވެރިންގެ އަގު ވަރަށް ފުންކޮށް ވަޒަންކުރަން، އިންޑިއާގެ ފަތުރުވެރިންގެ ބޭނުންތައް ފުއްދާދޭން މިތިބީ ތައްޔާރަށް - ރައީސް

2028ގެ ނިޔަލަށް ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2024 | އަންގާރަ 04:59
ރައީސް ޑރ.މުހައްމަދު މުއިއްޒު "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވަނީ

އިންޑިއާގެ ފަތުރުވެރިންގެ އަގު ވަރަށް ފުންކޮށް ވަޒަންކުރަން، އިންޑިއާގެ ފަތުރުވެރިންގެ ބޭނުންތައް ފުއްދާދޭން ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފުރިހަމަކަން ތަޖުރިބާކުރުމަށް ރައީސް ވަނީ އެ ފޯރަމްގެ ބައިވެރިންނަށް ދައުވަތު އަރުވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ އިންޑިއާ އިން އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން މި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤްތިޞާދީ އިސްލާޙީ ގޮތުން ރާއްޖެ އަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރައްވާ ކަމަށް ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2025 ވަނަ އަހަރު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. ރައީސް ވަނީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އިންޑިއާ އިން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤްތިޞާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފައެވެ. އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތުކުރުމެވެ. ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި ތަރައްޤީކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެކެވެ.

ރާއްޖެ އާއި މެދު މުހިންމު ތަސައްވުރުތަކެއް ގެންގުޅުއްވާ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދުންކަމުގައި ހެދުމަށް، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށެވެ. އަދި ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެ އިން މަސައްކަތްކުރަމުންދާ ކަަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅުިއިންޑިއާ-ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

03 ފެބުރުއަރީ 2025
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024
އިންޑިއާގެ ޔޫ.ޕީ.އައި ރާއްޖެއަށް ތައާރަފުކުރަނީ

އިންޑިއާގެ ޔޫ.ޕީ.އައި ރާއްޖެއަށް ތައާރަފުކުރަނީ

20 އޮކްޓޯބަރު 2024
އިންޑިއާ ދަތުރުފުޅަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

އިންޑިއާ ދަތުރުފުޅަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

10 އޮކްޓޯބަރު 2024
އިންޑިއާ ސިފައިންނާއެކު އަސްކަރީ އުޅަނދު ގެންނަން ދިން ހުއްދަ ދިނުމަށްފަހު ރައީސް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރެވޭނެ ކަމަށް

އިންޑިއާ ސިފައިންނާއެކު އަސްކަރީ އުޅަނދު ގެންނަން ދިން ހުއްދަ ދިނުމަށްފަހު ރައީސް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރެވޭނެ ކަމަށް

10 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު