Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސީއީއޯ އައްޔަން ކުރުމުގައި ގެންގުޅޭ ތަފާތު

މިފްކޯ އަދި ޑީބީއެމް އަށް ބޭނުމީ ބިދޭސީ ސީއީއޯ އެއް! އެކަމަކު ބީއެމްއެލްއަށް ދިވެހި ސީއީއޯ އެއް! ކީއްވެ؟

ބީއެމްއެލް އަށް ދިވެހި ސީއީއޯއަކު ގެންނަން ބޭނުންވަނީ ސަރުކާރުން ބޭންކުގެ ކޮންޓްރޯލް ބޭނުންވާތީ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޮކްޓޯބަރު 2024 | އަންގާރަ 09:04
މިފްކޯ އަދި ބީއެމްއެލް

މިފްކޯ އަދި ބީއެމްއެލް

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިފްކޯ ހިންގުމަށް ބޭރުގެ ތަޖުރިބާކާރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެ ދުވަހު ރައީސް ވިދާޅުވީ "ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާއި ހަވާލުކޮށްގެން" ކަމަށެވެ. ރައީސްގެ އެ ވާހަކަފުޅަށް ފަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ އިއުލާނެއް ގެޒެޓްކޮށްފައެވެ. އެ އިޢުލާނަކީ މިފްކޯގެ ސީއީއޯއަކަށް ބިދޭސީއަކު ހޯދުމަށް ކުރި އިޢުލާނެކެވެ.

އެކަން ކުރެއްވި ގޮތަށް ބަލާލާއިރު ޕީސީބީން އެންމެ ފުރަތަމަ ޕީސީބީ އިން ކުރި އިއުލާނަށް ދިވެހިން ކުރިމަތިލާފައި ވަނިކޮށް، ދެ ވަަނަ ފަހަރު މިފްކޯއަށް ސީއީއޯ އަކު ހޯދަން އިޢުލާންކުރެއްވީ މިފްކޯގެ ސީއީއޯއަކު ހޯދަން ކުރި އިއުލާން ޝަރުތު ހަމަވާ މީހަކު ނުލިބުނު ކަމަށް ބުނެއެވެ. އެގޮތުންމިފްކޯ އަށް ސީއީއޯ ހޯދަން ކުރި އިއުލާން ބާތިލުކޮށް 15،000 ޑޮލަރުގެ ބޮޑު މުސާރައެއް ދޭ ގޮތަށް ހަމަޖައްސައި އެކަން ވަނީ އިޢުލާންކޮށްފައެވެ. އެހެންކަމުން ރައީސްގެ ވާހަކަތަކާއި ޕީސީބީގެ އިޢުލާނަށް ބަލާލުމުން ޔަގީންވެގެން ދަނީ މިފްކޯގެ އައު ސީއީއޯ އަކަށް ވެގެންދާނީ ބިދޭސީއެއްކަމެވެ.

ސަރުކާރުގެ ހިއްސާ އޮތް އިދާރާތަކުގެ ތެރެއިން ބިދޭސީ ވެރިއަކު ހުންނަން ސަރުކާރުން ބޭނުންވަނީ ހަމައެކަނި މިފްކޯގައި އެކަންޏެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ސަރުކާރުން އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަށް ވެސް ހަމަޖެއްސެވީ ބިދޭސީއެކެވެ. ނުވިތާކަށް ދިވެހިންގެ ބޭނުންތަކާ ނުހަނު ބޮޑަށް ގުޅިފައިވާ މި ބޭންކުގެ އިސްވެރިންނަށްވެސް ހަމަޖައްސާފައިވަނީ ބިދޭސީންނެވެ. މި ގޮތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަށް އައްޔަންކޮށްފައިވަނީ ބިދޭސީއެއްކަމަށްވާ އަރޫނީ ގޫނަތިލަކަ އެވެ. އަދި އެބޭންކުގެ ސީ.އީ.އޯ އަކަށް ވެސް ހަމަޖައްސަވާފައިވަނީ ބިދޭސީއެއް ކަމަށްވާ ނޮއެލް ގްރެގަރއެވެ.

ދިވެހިންގެ ލޭނާރުކަމަށް ވާ މަސްވެރިކަމާއި ގުޅުން ހުރި ކުންފުންޏާއި ދިވެހިންގެ ތަރައްޤީ އާއި ތަމައްދުން އާއި ގުޅުން ހުރި އެހެން އިދާރާއަކަށް ބިދޭސީން ހަމަޖައްސަވާފަ އަނެއްކޮޅުން ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރާއި ބައިއަތުހިފައިގެން ތިއްބެވި މަޖިލީސް މެމްބަރުން ދައްކަވަނީ މުޅިން އެހެން ވާހަކައެކެވެ. މި ދެ ތަނުގެ ވެރިންނަށް ބިދޭސީން ލާން ރުހުނެއް ކަމަކު ބީއެމްއެލްގެ ސީއީއޯއަކަށް ބޭނުންވަނީ ދިވެއްސެކެވެ. މި ވާހަކަތައް ދައްކަވަން މި ފެއްޓެވީ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ބޮލުގައި މާލީ ބަޣާވާތުގެ ތުހުމަތު އަޅުވާ އެކަން ދިފާއު ކުރުމަށް ދައްކާ ވާހަކަތަކުގެ ތެރެއިންނެވެ.

އެހެންކަމަށް ވާއިރު މިއަދު އުފެދޭ ބޮޑު ސުވާލަކީ ބީއެމްއެލްގެ ސީއީއޯ އަކަށް ދިވެއްސެއް ހަމަޖައްސަން ސަރުކާރުންނާއި މަޖިލީސް މެންބަރުން މިހާ ވަރުން ވަކާލާތު ކުރާ ސަބަބަކީ ކޮބައިތޯ އުފެދޭ ސުވާލެވެ. މިކަމަށް ވަކާލާތުކުރާ މެމްބަރުން ދައްކަވާ އުޒުރަކީ ބީއެމްއެލް އިން އާންމުންނަށް ދޭ ހިދުމަތަށް ވުރެ ބޭންކަށް ފައިދާ ހޯދުމަށް ބޭރު ސީއީއޯ އިސްކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުމެވެ. މިހެން ވިދާޅުވާއިރު ބީއެމްއެލްގެ ސީއީއޯ އަށް ކޮންމެ ބޭފުޅަކު އައްޔަން ކުރިޔަސް އެންމެ ބޮޑު ޓާގެޓަކަށް ވާނީ ކޮމާޝަލްކޮށް ބޭންކު ހިންގުމެވެ. މާނައަކީ ފައިދާ ހޯދާ ކުންފުންޏަކަށް ހެދުމެވެ. މިހާރުވެސް ބޭންކުގެ ކޮންމެ މުވައްޒަފެއް އަހަރުތެރޭ ހާސިލްކުރަން ޖެހޭ ނަތީޖާގައި އެއްކަމަކަށް އޮންނަނީ ބޭންކަށް ވަކި ވަރެއްގެ ފައިދާ ހޯދާ ދިނުމަށް މަސައްކަތްކުރުމެވެ. ހަމައެހެންމެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުންވެސް ބޭނުންވަނީ ޓެކްސްއާ ޑިވެޑެންޑްގެ ގޮތުގައި ބޮޑު އަދަދެއް ލިބުމެވެ. އަދި އާންމު ހިއްސާދާރުން އެދެނީ ހިއްސާގެ ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ލިބުމެވެ. އެހެން ކަމުން ކޮންމެ ސީއީއޯއެއްގެ ޓާގެޓަށް ވާނީވެސް ބޭންކަށް ފައިދާ ހޯދާ ދިނުމެވެ. މިއީ ބީއެމްއެލްގެ އެކަނި ވާހަކައެއް ނޫނެވެ. ކޮމަރޝަލް ހުރިހާ އުސޫލެއް ވެސް ހިނގަނީ މި ބީދައިންނެވެ.

ދެން ވިދާޅުވާ ވާހަކައަކީ އެންމެ ބޮޑަށް ދިވެހި ސީއީއޯ އަކު ބޭނުންވަނީ މާލީ ބަޣާވާތެއް ނުކުރާނެކަމުގެ ޔަގީންކަން ހޯދުމަށް ކަމަށެވެ. ބީއެމްއެލް އިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ގެނައި ބަދަލަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު މާލީ ބަޣާވާތެއްކަމަށް ހުދު ރައީސްވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ބީއެމްއެލް އިން ބުނެފައިވަނީ އެއީ ބޭންކުގެ ބޯޑުގެ ނިންމުމެއްކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ 11 ބޯޑު މެންބަރުން ތިބޭ ބީއެމްއެލް ބޯޑުގައި އެކަކު ފިޔަވައި ދެން ތިބެނީ ހުސް ދިވެހިންކަމެވެ. އެހެންވީމަ މި ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެއެއް ނޫންތޯއެވެ؟ އެ ވިދާޅުވާ ބީދައިން ބީއެމްއެލް އިން ބަޣާވާތެއް ހިންގިނަމަ އެ ހިންގީ ސަރުކާރާއި އާންމު ރައްޔިތުން ހޮވާފައިވާ ދިވެހިން އެކުލެވޭ ބޯޑަކުން ނޫންތޯއެވެ؟

ހަގީގަތަކީ މި ވާހަކަތަކީ ބީއެމްއެލްގެ ކޮންޓްރޯލް ހޯދަން ދައްކަވާ ވާހަކަތަކެއް ކަމަށް ވުމެވެ. އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ވެސް އެކަން ކުރައްވަން އެތިބީ ފޫގަޅާފައެވެ. ދިވެއްސަކު ބޭންކުގެ ވެރިއަކަށް ގެންނަ ވާހަކަދައްކަވަނީ ދިވެހިން ޖަޒުބާތުގައި ޖެއްސުމަށެވެ. މިއީ މީގެ ކުރިން އެހެން ކަންކަން ކުރުމަށް ވެސް ސަރުކާރުން ބޭނުންކޮށްފައިވާ އުކުޅެކެވެ. އެނގި ހާމަވާ ކަމަކީ ބޭންކުން ނަގަމުން އައި ޕްރޮފެޝަނަލް ނިންމުންތައް ބޮލާލައިޖަހައި ސަރުކާރުގެ ނުފޫޒު ބޭންކަށް މިހާތަނަށް ނުފޯރާ މިންވަރަކަށް މިވަނީ ބޭންކަށް ފޯރުވާފައެވެ. އަދި ދިވެހި ސީއީއޯ އާ އެކު ކޮންމެ ސަރުކާރެއްގައިވެސް އެސްއޯއީ ތަކުގައި ސީއީއޯ އިން މަސައްކަތްކޮށްފައިވާ ގޮތަށް ވިޔަފާރި ނިންމުންތައް ދޫކޮށްލައި ސަރުކާރަށް ސަނާ ކިޔުން އިތުރުވެގެންދާނެއެވެ. މިއީ ދިވެހި ސީއީއޯ އިންނާއި އެކު މަސައްކަތް ކުރާ ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކަށް ބަލާލުމުން އެގެން އޮތް ހަގީގަތެކެވެ. އަދި މިހާތަނަށް ބީއެމްއެލްގެ ސީއީއޯ ކަމަށް ކުރިމަތިލައްވާފައިވާކަމަށް މައުލޫމާތު ލިބޭ ބޭފުޅުންގެ ފަރާތުން މީގެ ކުރިންވެސް ފެނިފައިވަނީ ހަމަ މި ދެންނެވި ފަދަ މަންޒަރުތަކެވެ.

ބީއެމްއެލްމިފްކޯމަޖިލިސް20

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު