Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުޅަނދުތައް ޓޯކުރަން ފެށުން

މާލޭގެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި

މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ސެޕްޓެމްބަރު 2024 | ހޯމަ 04:15
މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނަގަންފެށުން

މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނަގަންފެށުން

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން އަންނައިރު ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގާފައެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ވަގުތީ ބިމެއް ސަރުކާރުން ހަމަޖައްސާފަވާއިރު ދާދިފަހުން ވަނީ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ބިމެއް ހަމަޖައްސާފައެވެ.

ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައް ފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯރ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު