Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާނު-އިޒްރޭލް ހަނގުރާމަ

ބޮންއެޅި ސަރަހައްދުން ނަސްރުﷲގެ ހަށިގަނޑު ހޯދައިފި

މަސްތަކެއް ވަންދެން ރޭވުމަށްފަހު އަދި ގިނަ އިންޓެލިޖެންސް މަޢުލޫމާތުތަކެއްގެ އެހީގައި، ހިޒްބުﷲ ގެ ވެރިޔާގެ ގޮތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުންނެވި ނަސްރުﷲ އިޒްރޭލުން އަވަހާރަކޮށްލީ އޭނާ އާއި އެ ޖަމާއަތުގެ އެހެން ލީޑަރުންތަކެއް ބައްދަލުވުމެއް ބާއްވަމުންދިޔަ ބިމުގެ އަޑީގައި ހުރި ބަންކަރަކަށް ބާރުގަދަ ބޮމުގެ ޙަމަލާއެއް ދީގެންނެވެ.

ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 12:38
ނަސްރުﷲ އަވަހާރަކޮށްލި ހާދިސާގައި ދެކުނު ލުބުނާނުގެ ބޮންއެޅި ސަރަހައްދު

ނަސްރުﷲ އަވަހާރަކޮށްލި ހާދިސާގައި ދެކުނު ލުބުނާނުގެ ބޮންއެޅި ސަރަހައްދު

ބެއިރޫތުގެ ދެކުނު ސަރަހައްދަކަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާގައި އަވަހާރަވި ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲގެ ހަށިގަނޑު ބޮންއެޅި ސަރަހައްދުން ފެނިފައިވާކަމަށާއި، އަދި އޭނާގެ ހަށިގަނޑަށް ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ލުބުނާނުގެ ސިއްހީ ދާއިރާގެ މަސްދަރަކާއި ސެކިއުރިޓީ މަސްދަރަކާ ހަވާލާދީ އާދިއްތަ ދުވަހު ރޮއިޓަރޒް އިން ބުނެފިއެވެ.

އިޒްރޭލުގެ ހަމަލާގައި ނަސްރުﷲ އަވަހާރަވިކަން ހިޒްބުﷲ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައި ވިޔަސް އެ ބަޔާނުގައި އޭނާ އަވަހާރަވީ ކިހިނެއްކަމެއް ނުވަތަ އޭނާގެ ޖަނާޒާ އާ ބެހޭ އެއްވެސް ވާހަކައެއް ބުނެފައި ނުވާއިރު، މި ދެ މަސްދަރުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑަށް ޒަޚަމްތަކެއް ލިބިފައެއް ނެތެވެ. އަދި ނަސްރުﷲ އަވަހާރަވެފައިވަނީ ބާރުގަދަ ގޮވުމުގެ ސަބަބުން ލިބުނު ނުސީދާ ގެއްލުމަކުން ކަމަށް ބެލެވެއެވެ.

މަސްތަކެއް ވަންދެން ރޭވުމަށްފަހު އަދި ގިނަ އިންޓެލިޖެންސް މަޢުލޫމާތުތަކެއްގެ އެހީގައި، ހިޒްބުﷲ ގެ ވެރިޔާގެ ގޮތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުންނެވި ނަސްރުﷲ އިޒްރޭލުން އަވަހާރަކޮށްލީ އޭނާ އާއި އެ ޖަމާއަތުގެ އެހެން ލީޑަރުންތަކެއް ބައްދަލުވުމެއް ބާއްވަމުންދިޔަ ބިމުގެ އަޑީގައި ހުރި ބަންކަރަކަށް ބާރުގަދަ ބޮމުގެ ޙަމަލާއެއް ދީގެންނެވެ.

މި ބަންކަރު ހުރީ ބެއިރޫތުގެ ދެކުނުގައިވާ މީހުން ގިނަ ސަރަހައްދެއްގެ 60 ފޫޓު ބިމު އަޑީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާގައި 6 މީހުން މަރުވެ، 91 މީހުން ޒަޚަމްވި ކަމަށް ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ހަމަލާގައި އެތައް އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު އެންމެންގެ ހަށިތައް ހޯދައިފި

28 އޯގަސްޓު 2017
އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު އެންމެންގެ ހަށިތައް ހޯދައިފި
23 އޯގަސްޓު 2017

އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދައިފި

23 އޯގަސްޓު 2017
އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދައިފި
16 އޯގަސްޓު 2017

ނައިޖީރިޔާގައި ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 27 މީހަކު މަރުވެއްޖެ

16 އޯގަސްޓު 2017
ނައިޖީރިޔާގައި ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 27 މީހަކު މަރުވެއްޖެ
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ
31 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

31 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި
28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު