Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލު ސިފައިން ލުބުނާނަށް އަރަން ތައްޔާރުވަނީ

ލުބުނާނަށް އިޒްރޭލުން ދޭން ފެށި ބޮމުގެ ހަމަލާތަކާ ގުޅިގެން 700ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފަ

ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 11:23
ސެޕްޓެމްބަރު 28، 2024 ގައި އިޒްރޭލުން ދެކުނު ލުބުނާނަށް ބޮން އަޅަމުން ދިޔަ މަންޒަރު

ސެޕްޓެމްބަރު 28، 2024 ގައި އިޒްރޭލުން ދެކުނު ލުބުނާނަށް ބޮން އަޅަމުން ދިޔަ މަންޒަރު

ހުކުރު ދުވަހުން ފެށިގެން ހުއްޓުމެއްނެތި ލުބުނާނަށް އިޒްރޭލް ސިފައިން ބޮން އަޅަމުން ދިޔުމުގެ އިތުރުން ލުބުނާނަށް އިޒްރޭލް ސިފައިން އަރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާދިއްތަ ދުވަހުވެސް އިޒްރޭލުން "ހިޒްބުﷲ ގެ ޓާގެޓް" ތަކަށް ހަމަލާދީފައިވާކަން ވަނީ ހާމަ ކޮށްފައެވެ.

ހުކުރު ދުވަހު ލުބުނާގެ ދެކުނު ސަރަހައްދަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާގައި، ތިރީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިޒްބުﷲ ގެ ވެރިޔާގެ ގޮތުގައި ހުންނެވި ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ހަސަން ނަސްރުﷲ ވަނީ އަވަހާރަކޮށްލާފައެވެ. މި ހާދިސާގައި ހިޒްބުﷲ ގެ އިސް އެތައް ކޮމާންޑަރުންގެ ފުރާނަ ގެއްލި އެ ޖަމާއަތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވަނީ ބެލެވިފައެވެ.  

ނަސްރުﷲ އަވަހާރަކޮށްލިއިރު ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބޯޑަރ ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރެވޭތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. ހިޒްބުﷲ ގެ ލީޑަރު އަވަހާރަކޮށްލުމާއެކު ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ "މި ހަމަލާތައް އަމާޒު ކުރެވުނީ އެ ޖަމާއަތުގެ ހަތިޔާރާއި އަސްކަރީ އާލާތްތައް ރައްކައުކޮށްފައިވާ ތަންތަނަނަށް،" ކަމަށެވެ.

އިޒްރޭލު ސިފައިންގެ ފަރާތުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ހުރި ހިޒްބުﷲ ގެ ސަތޭކަ އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިޒްރޭލުން ބުނަމުން އަންނަނީ ހިޒްބުﷲ ގެ ބާރު މުޅިން ކަނޑުވާލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހަމުންދާ އިޒްރޭލުން ހިޒްބުﷲ އާ ދެކޮޅަށް އެއްގަމު އަސްކަރީ އޮޕަރޭޝަންތައް ފަށަން އުޅޭ ކަމުގެ އިޝާރާތް ކުރުމާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ ޢާރިފް ވަނީ އިޒްރޭލުގެ "އަނިޔާވެރި ލޭއޮހޮރުވުން" ކުށްވެރިކޮށް، ނަސްރުﷲ އަވަހާރަކޮށްލުމުގެ ނަތީޖާ އަކަށް ވެގެންދާނީ އިޒްރޭލުގެ "ހަލާކުވުން" އައުން ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އީރާނުން ވަނީ ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.

ހިޒްބުﷲ ގެ އެކުވެރި ފަލަސްތީނުގެ ހަމާސްއިން ނަސްރުﷲ އަވަހާރަކޮށްލުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ"ފިނޑި ޓެރަރިސްޓް ޢަމަލެއް" ކަމުގައެވެ. އަދި އޭނާ އަވާހަރާ ކޮށްލުމުން ޖިހާދުގެ ރޫހު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ހަމާސް އިން ބުނެފައިވެއެވެ.

ލުބަނާން، އިރާޤު، އީރާން އަދި ސީރިއާގައި ރަސްމީކޮށް ހިތާމަފާޅުކުރުން އިޢުލާނުކޮށްފައިވާއިރު، ޔަމަނުގެ ހޫތީންގެ ފަރާތުން ބުނެފައިވަނީ ނަތަންޔާހޫ ނިއުޔޯކުން އެނބުރި ވަޑައިގެންނެވި ވަގުތާ ދިމާކޮށް ހޮނިހިރު ދުވަހު އިޒްރޭލުގެ ބެން ގުރިއޯން ވައިގެ ބަނދަރަށް މިސައިލް ހަމަލާއެއް ދީފައިވާކަމަށެވެ.

އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ދޭ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ނަސްރުﷲ އަވާހަރާކޮށްލުމުން އެކަމަށް މަރުހަބާ ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ އެ ބަޔާނުގައި މިއީ "އިންސާފު މިނޭނެ މިންގަނޑެއް" ކަމަށެވެ. އަދި ބައިޑެންގެ ބަދަލުގައި ވައިޓް ހައުސްއަށް ކުރިމަތިލާ ކަމަލާ ހެރިސް ވިދާޅުވެފައިވަނީ ނަސްރުﷲ އަކީ "އެމެރިކާ ރައްޔިތުންގެ ލޭ އަތުގައި ހޭކިފައި ހުރި ޓެރަރިސްޓެއް" ކަމަށެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ލުބުނާނަށް އިޒްރޭލުން ދޭން ފެށި ބޮމުގެ ހަމަލާތަކާ ގުޅިގެން 700ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި 33 މީހުން މަރުވެ، 195 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ލުބަނާނުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުސްވި ހަފްތާގެ ހޯމަ ދުވަހުއެވެ. މިއީ އެ ޤައުމުގެ 1975-1990 ގެ އަހަރުތަކުގެ އެތެރޭގައި ހިނގި ހަނގުރާމައިގެ ފަހުން އެއްދުވަހަކަށް އެންމެ ގިނަ ފުރާނަ ގެއްލިގެއް ދިޔަ ދުވަހެވެ.

އދ. ގެ ރެފިއުޖީންނާ ބެހޭ ވެރިޔާ ފިލިޕޯ ގްރާންޑީ ވިދާޅުވެފައިވަނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ދެކުނު ލުބުނާނުން ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދިޔަ މީހުންގެ އަދަދު 200,000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި 50,000 އަށްވުރެ ގިނަ މީހުން އަވައްޓެރި ސީރިއާއަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު