Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޚާއްސަ ރެކޯޑާ އެކު ޕާމާ އަށް ބޮޑު އުފަލެއް!

މިހާރު ކުރިއަށްދާ ސީޒަންގެ މިހާތަނަށް އަށް މެޗު ކުޅުނުއިރު، އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2024 | ހޯމަ 05:29
ޗެލްސީން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޕާމާ އުފާ ފާޅު ކުރަނީ

ޗެލްސީން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޕާމާ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީއިރު، އެ މެޗުގައި ހަތަރު ލަނޑު ޖަހައިގެން ޚާއްސަ ރެކޯޑެއް ލިބުމުން އުފާވާ ކަމަށް ކޯލް ޕާމާ ބުނެފި އެވެ.

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ އިންގްލެންޑުގެ ޕާމާ ޖެހި ހަތަރު ލަނޑާ އެކު އެވެ. މެޗުގައި ޕާމާ އޭނާގެ ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެއާއެކު ޕާމާ ވެގެން ގޮސްފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕާމާ ބުނީ، އެ މެޗުގައި އޭނާ އަށް ފަސް ލަނޑު ނުވަތަ ހަ ލަނޑު ވެސް ޖެހުނީސް ކަމަށެވެ. އެ އަދަދަށް ލަނޑު ޖަހާނެ ފުރުސަތު އޭނާ އަށް އެ މެޗުގައި ލިބުނު ކަމަަށް ވެސް ޕާމާ ވަނީ ބުނެފަ އެވެ. ޕާމާ ބުނީ މެޗުގައި އޭނާ އަށް ލިބުނު ފުރަތަމަ ފުރުސަތު ކާމިޔާބު ނުވުމުން، ދެރަވި ކަމަށެވެ.

އެހެން ނަމަވެސް، މެޗުގައި ޗެލްސީގެ އެހެން ކުޅުންތެރިން ވެސް ދެއްކި ކުޅުމާއި، ކުރި މަސައްކަތުން އިތުރު ލަނޑުތަކެއް ޖެހުނު ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ ލަނޑަކަށް ފަހު ވެސް، އޭނާ އަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައިރު، އައު އުންމީދުތަކެއް ލިބެމުން ދިޔަ ކަމަށް ވެސް ޕާމާ ބުންޏެވެ. އެހެންކަމުން މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހުމަކީ ވަރަށް ޚާއްސަ އުފަލެއް ކަމަށް އޭނާ ދެކެ އެވެ.

މީގެ އިތުރުން ޕާމާ ބުނީ ޗެލްސީގައި އޭނާ ކުޅެމުން އަންނަނީ ވަރަށް ހަމަޖެހިގެން ކަމަށާއި، އެ ޓީމުގެ ކޯޗާއި، އެހެނިހެން އޮފިޝަލުން އަދި ކުޅުންތެރިންގެ ފަރާތުންް އޭނާ އަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. ޚާއްސަކޮށް ކުލަބުގެ ވެރިން އޭނާ އަށް ފުރިހަމަ އިތުބާރެއް ކުރާއިރު، އޭނާ ބޭނުން ވަނީ ޗެލްސީ އާއެކު އެންމެ ކުރިއަށް ދިޔުމަށް ކަމަށް ވެސް ޕާމާ ބުންޏެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ޕާމާ އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެލްސީ އަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 45 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. އަދި މިހާރު ކުރިއަށްދާ ސީޒަންގެ މިހާތަނަށް އަށް މެޗު ކުޅުނުއިރު، އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު