Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު-ޣައްޒާ ހަނގުރާމަ

"ފުރިހަމަ ކާމިޔާބު" ލިބެންދެން ލުބުނާނަށާއި ޣައްޒާ އަށް ހަމަލާދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ނަތަންޔާހޫ ވިދާޅުވީ ޣައްޒާގެ ކުރިމަގުގައި ހަމާސް އަށް އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށާއި، އިޒްރޭލުގެ ލަނޑުދަނޑިތައް ހާސިލުކުރެވެންދެން "ހިޒްބުﷲ ބަލިކަށިކުރުން" ކުރިއަށް ގެންދާނެކަމަށެވެ.

ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2024 | ހޮނިހިރު 02:18
ޖެނެރަލް އެސެމްބްލީގެ 79 ވަނަ ސެޝަންގައި ހުކުރުދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވާހަކަފުޅުދައްވަނީ

ޖެނެރަލް އެސެމްބްލީގެ 79 ވަނަ ސެޝަންގައި ހުކުރުދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވާހަކަފުޅުދައްވަނީ

އިޒްރޭލަށް "ފުރިހަމަ ކާމިޔާބު" ލިބެންދެން ޣައްޒާ އަށާއި ލުބުނާނަށް އިޒްރޭލުންދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން "ފުރިހަމަ ކާމިޔާބީ" ހޯދެންދެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ވިދާޅުވުމާއެކު، ސަރަޙައްދީ ހަނގުރާމައަކަށް މަގުފަހިވިޔަ ނުދިނުމަށް ހަމަލާތައް ހުއްޓުވަން ކުރެވޭ މަސައްކަތްތައް ކާމިޔާބު ވެދާނެ ކަމަށް ކުރެވޭ އުއްމީދުތައް ވަނީ ކުޑަވެފައެވެ.

ހުކުރު ދުވަހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަފުޅު ދެއްކެވުމަށް ޕޯޑިއަމަށް ވަޑައިގަތުމާއެކު ގިނަ ޑެލިގޭޝަންތަކެއް ވަނީ ޖަލްސާކުރާ މާލަމުން ނުކުމެވެފައެވެ.

"މިއަހަރު މިތަނަށް އަންނަން ގަސްތުކޮށްގެންނެއް ނޫން ހުރީ. އަޅުގަނޑުގެ ޤައުމު ވަނީ ދެމިއޮތުމަށްޓަކައި ކުރާ ހަނގުރާމައެއްގައި،" ޖަލްސާކުރާ މާލަމުގެ ގެލެރީގައި ތިބި އޭނާގެ މަދު ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ ނަތަންޔާހޫ ވިދާޅުވިއެވެ.

"އެހެންނަމަވެސް މިތާނގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން އަޅުގަނޑުގެ ޤައުމާ ދެކޮޅަށް ދެއްކެވި ދޮގުތަކާއި ބަދުނާމުކުރުންތައް އަޑުއެހުމަށްފަހު، އަޅުގަނޑު ނިންމީ މިތަނަށް އައިސް ޙަޤީޤަތް ސާފުކޮށްދޭން،" ނަތަންޔާހޫ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާގެ މަޢުލޫމާތުން ދައްކާގޮތުން، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 41,500 އަށްވުރެ ގިނަ ފަލަސްޠީނުން މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ. އެއާއެކު 96,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޯބަރު 7 ގައި ފަލަސްތީނުގެ ޙަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އިޒްރޭލުން ބުނެއެވެ. ހަމާސް އިން ދިން އެ ހަމަލާގައި، އިޒްރޭލުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން، މަރުވި މީހުންގެ އަދަދު ކަމަށް ބެލެވިފައިވަނީ 1,139 މީހުންނެވެ. އޭގެ އިތުރުން 250 އެއްހާ މީހުން ހަމާސް އިން ރަހީނުކުރިއެވެ.

އިޒްރޭލުގެ ވެރިޔާ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އދ. ގެ މަޖިލީހުގައި ވިދާޅުވީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް އަށް އެ ސަރަޙައްދު އަލުން އާރާސްތު ކުރުމުގައި އެއެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.

"ޙަމާސްގެ އަތުގައި ބާރެއް އޮވެއްޖެނަމަ، އެމީހުންގެ ސަފުތައް އަލުން އެކުލަވާލާ... އިޒްރޭލަށް އަނެއްކާވެސް ހަމަލާދޭނެ... އެހެންވީމާ ޙަމާސް ޖެހޭނީ ދާން،" ނަތަންޔާހޫ ހުކުރު ދުވަހު އދ ގެ އާންމު މަޖިލީހުގައި ވިދާޅުވިއެވެ.

އެމެރިކާ އާއި މިސްރު އަދި ޤަޠަރުން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އެކަމުގައި ކާމިޔާބު ލިބިފައެއް ނުވެއެވެ.

"މި ހަނގުރާމަ މިހާރުވެސް ނިމުމަކަށް ގެނެވިދާނެ. ވާންޖެހޭ ހަމައެކަނި ގޮތަކީ ހަމާސް އިން އަމާން ދިނުން، ހަތިޔާރު ބަހައްޓައި، ރަހީނުން ދޫކޮށްލުން،" ނަތަންޔާހޫ ވިދާޅުވިއެވެ. "އެހެންނަމަވެސް އެމީހުން އެކަން ނުކޮށްފިނަމަ - އެމީހުން އެކަން ނުކޮށްފިނަމަ - ފުރިހަމަ ކާމިޔާބީ ހޯދެންދެން ހަނގުރާމަ ކުރާނަން. ފުރިހަމަ ކާމިޔާބީ. އެއަށްވުރެ ކުޑަ މިންވަރެއް ބަލައެއް ނުގަންނާނަން."

ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ބާރުތަކުން ޙަމާސްގެ އަތުގައި ހުރި ރޮކެޓްތަކުގެ "90 އިންސައްތަ" ހަލާކުކޮށް، ހަމާސް ހަނގުރާމަވެރިންގެ ދެބައިކުޅަ އެއްބައި މަރާލައި ނުވަތަ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޙަމާސް އިން ބުނެފައިވަނީ ނަތަންޔާހޫގެ ވާހަކަފުޅުގައި ވަނީ "ފާޅުކަން ބޮޑު ދޮގު" ހައްދަވާފައިވާ ކަމަށެވެ.

ނަތަންޔާހޫ "އޭނާ ހައްދަވަމުންދާ ފާޅުކަން ބޮޑު ދޮގުތަކުގެ ސިލްސިލާ ކުރިއަށް ގެންގޮސް، ސަރަޙައްދުގެ ރައްޔިތުންނާ ދެކޮޅަށް ވަނީ އިތުރު އިންޒާރުދީފައި، އަދި... ލުބުނާނުގައި ތިބި އަޚުންނާ ހަމައަށް އޭނާގެ ޖަރީމާތަކުގެ ދާއިރާ ވަނީ ފުޅާކޮށްފައި،" ކަމަށް ފަލަސްޠީނު ގްރޫޕުން ނަތަންޔާހޫގެ ވާހަކަފުޅަށް ރައްދު ދެމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނަތަންޔާހޫ ވަނީ އިޒްރޭލް-ލުބްނާން ބޯޑަރުގައި ކުރަމުންދާ ހަނގުރާމަވެސް ކުރިއަށް ގެންގޮސް އެ ޤައުމުގެ މަޤްޞަދުތައް ހާސިލުވަންދެން ހިޒްބުﷲ "ބަލިކަށި ކުރަމުން ގެންދާނެ" ކަމަށް ވިދާޅުވެފައެވެ.

އޮކްޓޯބަރު 8 އިން ފެށިގެން އިޒްރޭލާ ހިޒްބުﷲ އާ ދެމެދު ކޮންމެ ދުވަހަކުހެން އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އޮކްޓޯބަރު 8 ގައި އީރާނުން މަދަދުވެރިވާ ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ހަމަލާއެއް ފޮނުވާލީ އިޒްރޭލުން ޣައްޒާ އަށް ހަމަލާދޭން ފެށުމުން، ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ކަމަށް އެ ގްރޫޕުން ބުނެއެވެ.

މި ހަމަލާތަކުގެ ބޮޑުބައި ހިނގަމުން ދަނީ އިޒްރޭލް-ލުބްނާން ބޯޑަރު ސަރަހައްދުގައެވެ. ނަމަވެސް އިޒްރޭލުގެ ސިފައިން ވަނީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ހިޒްބުﷲ އާ ދެކޮޅަށް ދޭ ހަމަލާތައް ބޮޑުތަނުން އިތުރުކޮށްފައެވެ.

ލުބުނާންގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުން 600 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

"އިޒްރޭލަށް މި ނުރައްކާ ނައްތާލުމުގެ ފުރިހަމަ ހައްޤު އެބައޮތް، އަދި އަޅުގަނޑުމެންގެ ރައްޔިތުން ރައްކާތެރިކަމާއެކު އެމީހުންގެ ގެތަކަށް އަނބުރާ ގެނައުމުގެ ހައްޤުވެސް އެބައޮތް. އަދި އެއީ އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ... އަޅުގަނޑުމެންގެ ހުރިހާ މަޤްޞަދުތަކެއް ހާސިލުވަންދެން ހިޒްބުﷲ ބަލިކަށިކުރަމުން ގެންދާނަން،" ނަތަންޔާހޫ ވިދާޅުވިއެވެ.

އިޒްރޭލާއި ހިޒްބުﷲ އިންވެސް ވަނީ ބޯޑަރުގެ ދެފަރާތުގައި ދިރިއުޅޭ އެތައް ހާސް މީހުންގެ މައްޗަށް އެކުލެވޭ އާބާދީތައް އެ ސަރަހައްދުތަކުން ނެރެފައެވެ.

ބުދަ ދުވަހުގެރޭ، އެމެރިކާ، ފްރާންސް އަދި އެހެން ބައެއް ޤައުމުތަކުން ވަނީ 21 ދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ވަގުތީ ހުއްޓުމަކަށް ގޮވާލީ، ފާއިތުވި 11 މަސްދުވަހު ބޯޑަރުގައި ދެފަރާތުން ހަމަލާ ދެމުން ދިޔުމާއެކު، ފާއިތުވެ ދިޔަ ދެތިން ދުވަހުގެ ތެރޭގައި ހަމަލާތައް ހޫނުވެފައިވާތީ ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު އޮތުމާއެކު ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް ފުރުޞަތު ދިނުމަށް ކަމަށް ފްރާންސުގެ ޚާރިޖީވަޒީރު ވިދާޅުވެފައިވެއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ލުބުނާނުން 90,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން ނުކުންނަން ޖެހުމާއެކު އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ.

ހުކުރު ދުވަހު ނަތަންޔާހޫގެ ކުރިން އާންމު މަޖިލީހުގައި ވާހަކަދެއްކެވި ދެ ވެރިން ވެސް ވަނީ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"މިސްޓަރ ނަތަންޔާހޫ، މި ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލާ،" ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަޓް ގޮލޮބް ތަގުރީރު ނިންމަވާލައްވަމުން ޕޯޑިއަމްގައި އަތްޕުޅުން ޖައްސަވަމުން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ވަނީ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. "މިއީ ހަމައެކަނި ހަނގުރާމައެއް ނޫން. މިއީ ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުން ގަސްތުގައި މެރުން،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
19 ޖޫން 2017

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

19 ޖޫން 2017
ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު