Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު ޕްރޮމޯޓް ކުރުން

މި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ ރައީސް މުއިއްޒު އިސްތިހާރު ކުރުމަށް: މާޒް ސަލީމް

ރައީސް މުއިއްޒު އިސްތިހާރު ކުރުމަށް ބޮޑު ހަރަދެއް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 17:54
އެމްޑީޕީ ހަރުގެ ޖަލްސާގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ

މިސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްތިހާރު ކުރުމަށް ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ މިރާއްޖޭގެ ވެރިކަން ކުރި އެއްވެސް ބޭފުޅަކު އިސްތިހާރު ނުކުރާ މިންވަރަށް މިސަރުކާރުގެ ރައީސް މުއިއްޒު އިސްތިހާރު ކުރުމުގެ މަސައްކަތްތައް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޮޑު ހަރަދެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ގޮތުން ހީނަރުކަން އައިސްފައިވާ ކަމަށް މިސަރުކާރުން ބުނަމުންދާއިރު، މިހާރު ވެސް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ މަސައްކަތަކީ ރައީސް މުއިއްޒު އދ. ގެ ސަލަމާތީ މަޖިލީހުގައި ދެއްވި ތަގުރީރާއި، އެމަނިކުފާނު އިސްތިހާރު ކުރުން ކަމަށެވެ. އަދި ވިދާޅުވީ ގައުމު ކުރިއެރުވުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

މިސަރުކާރުގެ ބޭފުޅުން ޗައިނާ، ލަންޑަން އަދިވެސް ބޭރުގެ ގިނަ ގައުމުތަކަށް ދައުލަތުގެ ފައިސާގައި ދަތުރުކުރައްވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މިދަތުރުތަކުގެ އެއްވެސް ފައިދާއެއް މިހާތަނަށް ރާއްޖެއަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ކޮށްފައިނުވާ ކަމަށާއި، ގައުމަށް ލިބެނީ ގެއްލުން ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ހަރަދުތައް އިންތިހާއަށް ބޮޑުވެ، ދެކޮޅު ނުޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެއްވެސް ގޮތެއް ނެތުމުން މިސަރުކާރުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދިމާލަށް ކަމަށާއި، ބޭންކް އޮތީ ބަގުރޫޓުވާ ހިސާބުގައި ކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރަށް 10 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ގައުމަށް އަދި ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށާއި، އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ނަގައި، ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ހިފަމުންދާކަމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވަނީ ރައްޔިތުން ރުހިގެން ނޫން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދޭ ކަމަށް ވެސް ސަލީމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު