Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ކޮތަރު

މައްކާގެ ކޮތަރު މާ ޚާއްސަ ވަނީ ކީއްވެ؟

ކޮތަރު މެރުމާއި، ޝިކާރަ ކުރުމަކީ ސައުދީ އަރަބިއްޔާގައި އަދަބު ކަނޑައެޅިފައިވާ ކުށެއް

ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 19:23
މައްކާގައި މިނިވަންކަމާއެކު އުޅުމަށް ކޮތަރައް އެއްވެސް ހުރަހެއް ނެތް

މައްކާގައި މިނިވަންކަމާއެކު އުޅުމަށް ކޮތަރައް އެއްވެސް ހުރަހެއް ނެތް

މައްކާގެ ކޮންމެ ތަނަކުންވެސް އެތައް ބައިވަރު ކޮތަރެއް ނުފެނި ނުދާނެއެވެ. ދުވާރު މަތީގަޔާއި، މަގުމަތީގައި އަދި އިމާރާތްތަކުންވެސް ބައި ހަދާފައި ތިބޭ ކޮތަރު ފެނުމަކީ އާއްމު ކަމެކެވެ. ޢާއްމު އިމާރާތްތައް ކީއްކުރަންތޯއެވެ. ކައުބާ ވަށައިގެންވާ ސަރަހައްދުގައިވެސް މިނިވަން ކަމާއެކު އުޅުމަކަށް ކޮތަރަކަށް ހުރަހެއް ނެތެވެ.

ކޮތަރުގެ އާބާދީ މައްކާގައި ކިތަންމެ ބޮޑު ނަމަވެސް، އެހެން އެއްވެސް ދޫންޏަކަށް ނުލިބޭ ޚާއްސަ ކަމެއް މައްކާގައި އުޅޭ ކޮތަރަށް އޮންނަނީ ދެވިފައެވެ.

މައްކާއަށް ޒިޔާރަތް ކުރާ މީހުންނަށް ކޮތަރު ހިފުމާއި ޝިކާރަ ކުރުން ނުވަތަ މެރުން އޮންނަނީ މަނާ ކޮށްފައެވެ.

ކޮތަރެއް މަރައިފި ނަމަ އަދަބުވެސް ކުޑައެއް ނޫނެވެ. މެރި ކޮންމެ ކޮތަރަކަށް ބަކަރި އެއް ކަތިލަން ޖެހެއެވެ. ހިމާޔަތް ކުރެވިފައިވަނީ ހަމައެކަނި ކޮތަރެއް ނޫނެވެ. ކޮތަރު ބިހަށް ގެއްލުން ދިނުމަކީވެސް މައްކާގައި ކުށެކެވެ.

ސުވާލަކީ މިހާ ބޮޑު ޚާއްސަ ކަމެއް އަދި އިހްތިރާމެއް މައްކާގައި ކޮތަރަށް ލިބިފައިވަނީ ކީއްވެ ބާވައެވެ؟

މި ސުވާލުގެ ޖަވާބު ހޯދާއިރު، އިލްމްވެރިން މައްކާގައި އުޅޭ ކޮތަރާ ތާރީޚީ މުހިންމު ތިން ހާދިސާ އަކާ ގުޅިފައިވާކަން ފާހަގަ ކުރައްވައެވެ. ގަބޫލު ކުރެވިފައި އޮންނަނީ މައްކާގެ ކޮތަރަކީ މި ތިން ހާދިސާ އާ ގުޅިފައިވާ ކޮތަރުގެ ދަރިފަސްކޮޅުން އައިސްފައިވާ އެއްޗެއް ކަމަށެވެ.

މި ގޮތުން، ފުރތަމަ ހާދިސާ ގޮސް ގުޅެނީ ނޫހުގެފާނުގެ ޒަމާނަށެވެ. ނޫހުގެފާނުގެ އުއްމަތައް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު މުސީބާތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާ ސަލާމަތްވެ ވަޑައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިން ދޫންޏަކީ ކޮތަރެވެ.

އަނެއް ކަމަކީ އަބްރަހާ ގެފުޅު މުގުރާލަން އައި އައުމުގައި ކައުބާގެ ހިމާޔަތުގައި އައި ދޫނިތަކުގެ ވާހަކައެވެ. މި ހާދިސާ ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި މައްކާގެ ކޮތަރަކީ ގެފުޅު ސަލާމަތް ކުރުމަށް އަބްރަހާ އާއި އޭނާގެ ލަޝްކަރު ހަލާކުކޮށްލި ދޫނިތަކުގެ ދަރިފަސްކޮޅާ ގުޅިފައިވާ ދޫންޏެކެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު މުޝްރިކުންގެ ނުރައްކަލުން ސަލާމަތްވެ ވަޑައިގަތުމަށް ވަދެވަޑައިގެން ތިއްބެވި އިރު ﷲ ގެ އަމުރުފުޅަށް އެ ހޮހޮޅައިގެ އަނގަމަތީގައި އައިސް ހާލި ހަދާ ބިސް އެޅި ދޫންޏަކީ ވެސް ކޮތަރެވެ. އަދި މިއަދު މައްކާއިން ފެންނަ ކޮތަރުގެ ދަރިފަސްކޮޅު ގުޅިފައިވަނީ އެ ޙާދިސާގައި ބަޔާން ވެފައިވާ ކޮތަރުގެ ދަރިފަސްކޮޅާ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.

މި ދެންނެވި ހާދިސާތަކާ ކޮތަރާ ހުރި ގުޅުން އެއީ މިއަދު މާތް ވެގެންވާ މައްކާގެ ބިމުގައި ކޮތަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ސަބަބުތައް ކަމުގައި ޝެއިޚް އަހްމަދު ޔާސީން ލިޔުއްވާފައިވާ "ދަ ޕިޖަން އޮފް ދަ ސޭކްރެޑް ހިޖާޒީ" ފޮތުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

26 މާރިޗު 2018

01 މާރިޗު 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު