Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ހިންގުން

ހުރިހާ ބާރެއް އޮވެގެންވެސް ކުށްކުރުމާއި އަމާންކަން ނަގާލުން މި ސަރުކާރަކަށް ނުހުއްޓުވޭނެ - އުމަރު

25 ސެޕްޓެމްބަރު 2024 | ބުދަ 06:44

ސަރުކާރު އޮތީ ގޭންގުތަކާއި ކުށްކުރާ މީހުންގެ ދަށުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2024 | ބުދަ 06:44
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ހުރިހާ ބާރެއް އޮވެގެންވެސް ކުށްކުރުމާއި އަމަން ނަގާލުން މިހާރު އޮތް ސަރުކާރަކަށް ނުހުއްޓުވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވަލަކީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ކަމެއް ކުރުމުގެ ހުރިހާ ބާރެއް މި ސަރުކާރަށް އޮތްނަމަވެސް، ކުށްކުރުން މި ސަރުކާރަށް ނުހުއްޓުވޭނެކަމަށެވެ. ސަބަބަކީ މި ސަރުކާރު ވެެރިކަމަށް އައިސްފައިވަނީ ގޭންގުތަކުން ފަންޑުކޮށްގެން ކަމަށާއި، ގޭންގުތަކުން ކެމްޕޭންކޮށްގެން، ޖަލުގައި ތިބި ކުށްވެރިން ދޫކޮށްދީގެން ވޯޓު ހޯދައިގެން ކަމަށެވެ. ސަރުކާރު އޮތީ ގޭންގުތަކާއި ކުށްކުރާ މީހުންގެ ދަށުވެފައި ކަމަށާއި، ވެރިކަމަށް އައުމަށްފަހު ދެން ކުރެވޭނެ ކަންކަމެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެކަމާއި ދެކޮޅަށް ފަހުން މަސައްކަތްކުރަން އުޅުނު ނަމަވެސް އޮންނާނީ އަތާއި ފައި ބަނދެވިފައި ކަމަށާއި، ސުޕަރމެޖޯރިޓީއާއެކު ސަރުކާރު ވެރިކަމަށް އައި ނަމަވެސް، ސަރުކާރުތައް އޮތީ ގޭންގްތަކުގެ ބާރުގެ ދަށުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންގެ ހިތްވަރާއި އަޒުމެއް ނެތް ކަމަށާއި، ވެރިކަން ކުރާ މީހެއްގެ ގައިގައި ކޮންމެވެސް ކަހަލަ އުރަތްޕެއް ހުންނަންވާނެ ކަމަށެވެ. ގަބޫލުކުރާ ހަމައެއް ހުންނަންވާނެ ކަމަށާއި، ވަށައިގެން ތިބޭ މީހުން އެ ހަމަ ދޫކޮށްލަން ބުނިކަމުގައިވިޔަސް ވެރިމީހާ ހުންނަންޖެހޭނީ އޭނާ ގަބޫލުކުރާ ހަމައިގައި ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި ކަމަށެވެ. ކިޑްނެޕްކުރުމާއި ހަމައަށް ލެވެލް ގޮސްފި ކަމަށާއި، ގޭގެއަށް މީހުން ވައްދާފައި، އޮރިޔާންކޮށް، ފޭރިފައި، އެކައުންޓުގައި ހުންނަ ފައިސާ ޓްރާންސްފާކޮށް، ވީޑިއޯ ކޮށް ބްލެކްމެއިލްކުރުން އާންމުކަމަކަށް ވެއްޖެ ކަމަށެވެ. އުމަރު ވިދާޅުވީ އަމަންއަމާންކަން ވަރަށް ބޮޑަށް ދަށަށް ގޮސްފިކަމަށާއި، ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެދުވަހު އަޅަން ގަސްދުކުރި ފިޔަވަޅުތައް އެޅުނު ނަމަ އަދި މޮނިކޮން އަމުރު އެއިރު ތަންފީޒުކުރަން ފެށިގޮތަށް އަދި ފަހުން އައި ހޯމް މިނިސްޓަރުންވެސް އެކަންކުރި ނަމަ މިއަދު މިފެންނަ މަންޒަރުތަކެއް ނުފެންނާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ކުށްކުރާ މީހުން ރުއްސައިގެން ވެރިކަން ކުރަން އުޅެގެން ވެރިކަމެއް ނުކުރެވޭނެ ކަމަށާއި، ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އަންނަ ކޮންމެ ސަރުކާރަކުންވެސް ބޮޑެތި ގޭންގްތަކާއި ޑްރަގް ޑީލަރުން ރުއްސައިގެން، ޖަލުގައި ތިބޭ މީހުން ދޫކޮށްގެން ވޯޓު ހޯދައިގެން ކާމިޔާބުވާނެކަމަށް ހީކުރާ ކޮންމެ ދަތުރެއްވަނީ ނާކާމިޔާބު ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2017

މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ: އިބޫ

12 ޖުލައި 2017
މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ: އިބޫ
11 ޖުލައި 2017

ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރެއް ސުޕްރީމްކޯޓަށް ލިބިގެން ނުވޭ: ވައްޑެ

11 ޖުލައި 2017
ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރެއް ސުޕްރީމްކޯޓަށް ލިބިގެން ނުވޭ: ވައްޑެ
14 މެއި 2017

ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު

14 މެއި 2017
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
24 އެޕްރީލު 2017

މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް

24 އެޕްރީލު 2017
މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް
10 އެޕްރީލު 2017

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް