Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މޯބައިލް ފޯނު

މޯބައިލް ފޯނުން މޫނަށް އެޅޭ އަލިން ވެސް ހަންގަނޑަށް ގެއްލުންވޭ!

މޯބައިލް ފޯނުން މޫނަށް އެޅޭ އަލީގެ ސަބަބުން ހަންގަނޑަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މި އަލީގެ ސަބަބުން ހައިޕަރޕިގްމެންޓޭޝަން އިތުރުވެ، މޫނުގެ ހަންގަނޑު ކުރަކިވެ، ހަމުގައި ރޫ ޖެހި، މުސްކުޅިކަން ދައްކުވައިދެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 13:43
މީހަކު ފޯނަށް ބަލަހައްޓައިގެން

މީހަކު ފޯނަށް ބަލަހައްޓައިގެން

އިންސާނުންގެ ދިރިއުޅުމުގައި ހުންނަ އާދަތަކުގެ ސަބަބުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިފަދަ މަޢުލޫމާތުތައް ވަރަށް ފުޅާ ދާއިރާއެއްގައި ފެތުރެއެވެ.  މިގޮތުން، އަހަރެމެންގެ ދިރިއުޅުމުގައި އެންމެ ގާތުން އެންމެ ގިނައިން ބޭނުންކުރާ ވަސީލަތް ކަމުގައިވާ މޯބައިލް ފޯނުގެ ސަބަބުން ސިއްޙަތަށް ގެއްލުން ލިބޭ ކަމީ ގިނަ ދިރާސާތަކުން ހާމަވެފައިވާ ކަމެކެވެ. ހާއްސަކޮށް މޯބައިލް ފޯނުން މޫނަށް އެޅޭ 'ބްލޫ ލައިޓް' ގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުން ލިބޭ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ.

ބްލޫ ލައިޓަކީ އަލީގެ ސްޕެކްޓްރަމްގައި ހިމެނޭ ވަކި ބާވަތެއްގެ އަލިކަމެވެ. މި އަލީގެ ޤުދުރަތީ އަދި އެންމެ ވަރުގަދަ މަޞްދަރަކީ އިރެވެ. އެހެންނަމަވެސް، ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތަކުން ވެސް މި އަލި އުފެދެއެވެ. މީގެ ތެރޭގައި ސްމާޓްފޯނު، ލެޕްޓޮޕް އަދި ޓީވީ ފަދަ އާލާތްތައް ހިމެނެއެވެ. ނަމަވެސް، މި ވަސީލަތްތަކުން އުފެދޭ ބްލޫ ލައިޓްގެ މިންވަރަކީ އިރުގެ އަލިކަމާ އަޅާބަލާއިރު އެތައް ގުނައެއް ދަށް މިންވަރެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފޯނުގެ އަލި މޫނަށް އެޅުމުގެ ސަބަބުން ހަމުގައި މެލަނިން އުފެދޭލެއް އިތުރުވެއެވެ. މެލަނިން އަކީ ޤުދުރަތީ ގޮތުން ހަމުގެ ކުލަ ގެނެސްދޭ މާއްދާއެވެ. އެހެންކަމުން، ގިނަ ވަގުތު ފޯނު ބޭނުންކުރުމުގެ ސަބަބުން މޫނަށް އެޅޭ އަލިން ހައިޕަރޕިގްމެންޓޭޝަން އިތުރުވުމުގެ ފުރުޞަތު އޮވެއެވެ. ހައިޕަރޕިގްމެންޓޭޝަނަކީ މެލަނިން އާދަޔާ ޚިލާފަށް ގިނައިން އުފެދުމުގެ ސަބަބުން ހަމުގައި ކަޅު ލައްތައް އުފެދުމެވެ. މި މައްސަލަ ޚާއްޞަކޮށް ހަމުގެ ކުލަ ކަޅު މީހުންގެ ކިބައިގައި ފާހަގަކުރެވޭ މިންވަރު އިތުރުވެއެވެ.

މީގެއިތުރުން، ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބްލޫ ލައިޓްގެ ސަބަބުން ހަންގަނޑުގައި ހުންނަ ކޮލާޖެންއަށް ގެއްލުން ލިބެއެވެ. ކޮލާޖެން އަކީ ހަމަށް ކޮންމެހެން ވެސް ބޭނުންވާ ޕްރޮޓީނެކެވެ. ހަންގަނޑު އޮމާންކަމާއި، ތާޒާކަމާއި ޒުވާންކަން މަތީ ހުރުމަށް މިއީ ކޮންމެހެންވެސް މުހިއްމު މާއްދާއެކެވެ. ނަމަވެސް، ފޯނުން މޫނަށް އެޅޭ އަލީގެ ސަބަބުން މޫނުގެ ހަންގަނޑު ކުރަކިވެ، ހަމުގައި ރޫ ޖެހި، މުސްކުޅިކަން ދައްކުވައިދޭ ކަމަށް ފަހުގެ ދިރާސާތަކުން ހާމަވެއެވެ. ހަމައެއާއެކު، ސިއްހީ މާހިރުން ބުނާގޮތުގައި އިލެކްޓްރޯނިކް ވަސީލަތެއް ހަމާ އެންމެ ސެންޓިމީޓަރެއްގެ ގާތުގައި ވިޔަސް ބަހައްޓައިގެން ގަޑީއިރެއް ހާއިރު ބޭނުންކުރިނަމަވެސް މޫނުގެ ހަމަށް ބޮޑެތި ގެއްލުން ލިބިދާނެއެވެ.

ބްލޫ ލައިޓްގެ ސަބަބުން ގިނަ މީހުންގެ ލޯކައިރި ކަޅުވެ، ފުއްޕާ ގޮތް ދިމާވާ ކަމަށްވެސް ދިރާސާތަކުން ހާމަވެއެވެ. އެއީ، މި އައްޔަކީ ޚާއްސަކޮށް މެލަޓޮނިން މާއްދާ އުފެއްދުން މަދުކުރާ އެއްޗެކެވެ. މެލަޓޮނިނަކީ ޤުދުރަތީ ގޮތުން އުފެދޭ ހޯމޯނެއް ކަމަށްވެފައި، އާންމު ގޮތެއްގައި މި ހޯމޯނުގެ ޒަރީއާއިން އަޅުގަނޑުމެންގެ ހަށިގަނޑަށް ނިދުމުގެ ވަގުތު އަންގައިދީ، ނިދުމާއި ނިދައިގެން ހޭލުމުގެ ދައުރު ކުޅެދެއެވެ.

މެލަޓޮނިން އުފެއްދުން މަދުވެ، އެއަށްފަހު ނިދުމުގެ ކުރިން މޫނަށް ބްލޫ ލައިޓް އެޅުމުން ކުރިން ބުނެވުނު ޤުދުރަތީ ޕްރޮސެސްއަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން ނިދަން އުނދަގޫވެ، ނިދުމުގެ ފެންވަރު ދަށްވުމުގެ ފުރުޞަތު އޮވެއެވެ.

ދިގު މުއްދަތަކަށް ނިދުމުގެ މައްސަލަތައް ދިމާވުމުގެ ސަބަބުން ހަމުގައި ކުރިން ހުރި ބައެއް ބަލިތައް އިތުރަށް ގޯސްވެދާނެ ކަމަށްވެސް ހަމުގެ ޑޮކްޓަރުން ބުނެއެވެ. މީގެ ތެރޭގައި ބިހި ޖެހުމާއި، އެގްޒީމާ އަދި ރޮސޭޝިއާ ފަދަ ބަލިތައް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭ ކަމަށް ވާނަމަ ކޯޓިސޯލް މިންވަރު އިތުރުވުމުގެ ފުރުސަތު އޮވެއެވެ. ކޯޓިސޯލަކީ ކަންކަމުގައި މީހާ މާބޮޑަށް ކަންބޮޑުވުމުގެ ސަބަބުން އުފެދޭ ހޯމޯނެއް ކަމަށްވެފައި، މި ހޯމޯނުގެ ސަބަބުން ހަމުގައި އުފެދޭ ކޮލާޖެން ނައްތާލައެވެ. މީގެ އިތުރުން، ރަނގަޅަށް ނިދި ނުލިބުމުން ހަމުގެ ޤުދުރަތީ ދިފާޢީ ބާރު ބަލިކަށިވެގެންދެއެވެ.

ފުރަތަމަ ކަމަކަށް، ސްކްރީން ޓައިމް މަދުކުރުމަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ކޮންމެހެން ބޭނުން ނޫން ވަގުތުތަކުގައި ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރުން މަދުކޮށް، އެ ވަގުތުތައް އާއިލާއާއެކު ހޭދަކުރުމަށް ނުވަތަ ފޮތް ކިޔުމަށް ޚާއްޞަކުރުމަކީ ބުއްދިވެރި ކަމެކެވެ. ޚާއްޞަކޮށް ނިދަން އޮށޯންނަން ގަސްތުކުރާ ވަގުތުގެ ދެ ގަޑިއިރު ކުރިން ސްކްރީން ބޭނުންކުރުން ހުއްޓާލުމަކީ ނިދުމުގެ ކުރިން މޫނަށް އެޅޭ ބްލޫ ލައިޓްގެ މިންވަރު މަދުކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

މީގެ އިތުރުން، ބްލޫ ލައިޓް ފިލްޓަރ ބޭނުންކުރުމަކީ ވެސް ރަނގަޅު ކަމެކެވެ. ގިނަ ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގައި މިހާރު ބްލޫ ލައިޓް ފިލްޓަރ ކުރުމުގެ ޚާއްޞަ ފީޗަރތައް ހުރެއެވެ. މިސާލަށް އިލެކްޓްރޯނިކް ޑިވައިސް ތަކުގައި ހުންނަ 'ނައިޓް މޯޑް' އެކްޓިވޭޓްކޮށްގެން ބޭނުންކުރުމަކީ މޫނުގެ ހަމަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. ބްލޫ ލައިޓް ފިލްޓަރ ކުރާ ޚާއްޞަ ބައެއް ސޮފްޓްވެއަރތައް ވެސް މިހާރު ހުރެއެވެ.

ހަމައެއާއެކު، ސްކްރީންގެ އަލިކަން މަޑުކުރުމަކީ ވެސް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ސްކްރީންގެ އަލިކަން ވީހާވެސް މަޑުކޮށްގެން ބޭނުންކުރުމަކީ ހަމުގެ އިތުރުން ލޮލަށް ކުރާ ނޭދެވޭ އަސަރުވެސް ކުޑަކުރުމަށް އެހީތެރިވާނެ ކަމެކެވެ. އަދި ސްކްރީން ބޭނުންކުރާއިރު ކޮޓަރީގެ އަލިކަން އިތުރުކޮށް، ސްކްރީނާއި ލޯ ދޭތެރޭގައި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ.

މޯބައިލް ފޯނުބްލޫ ލައިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަބަރު ކިއާނީ ފޯނުންތަ، ނޫނީ ޗާޕު ނޫހަކުންތަ؟

ޚަބަރު ކިއާނީ ފޯނުންތަ، ނޫނީ ޗާޕު ނޫހަކުންތަ؟

14 ޖެނުއަރީ 2023
ކާބޯތަކެތި އިސްރާފްކުރުން ކުޑަކުރުމަށް އުފެއްދީ މޯބައިލްފޯން އެޕެއް

ކާބޯތަކެތި އިސްރާފްކުރުން ކުޑަކުރުމަށް އުފެއްދީ މޯބައިލްފޯން އެޕެއް

24 އެޕްރީލު 2022
ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕްތަކުން ރަނާއި އެހެނިހެން މައުދަންތައް އުފައްދަނީ

ހަލާކުވެފައި ހުންނަ މޯބައިލް ފޯނާއި ލެޕްޓޮޕްތަކުން ރަނާއި އެހެނިހެން މައުދަންތައް އުފައްދަނީ

24 މާރިޗު 2022
ރަންވީރު ސިން މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާ ގުޅުވާލެވޭ

ރަންވީރު ސިން މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާ ގުޅުވާލެވޭ

23 މެއި 2020
ދިޕިކާ އާއި ރަންވީރު ހަނީމޫނަށް ފުރައިފި

ދިޕިކާ އާއި ރަންވީރު ހަނީމޫނަށް ފުރައިފި

31 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު