Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ.ގެ އާންމު މަޖިލިސް

އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ފާސްކޮށްފި

124 ޤައުމަކުން މި ޤަރާރަށް ތާއީދުކޮށްފައި ވާއިރު، އިޒްރޭލާއި އެމެރިކާގެ އިތުރުން 12 ޤައުމަކުން މި ޤަރާރާ ދެކޮޅަށް ވޯޓުދީފައިވޭ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2024 | ބުދަ 18:37
އދ ގެ އާންމު މަޖިލިސް

އދ ގެ އާންމު މަޖިލިސް

އދ.ގެ އާންމު މަޖިލިސް (ޔޫއެންޖީއޭ)ގެ ބޮޑު އަޣުލަބިއްޔަތަކާއެކު، އެއް އަހަރު ދުވަހުގެ ތެރޭގައި ޣައިރު ޤާނޫނީ ގޮތުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ޤަރާރެއް ފާސްކޮށްފިއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ އާންމު މަޖިލީހުގައި ގަރާރަށް ނެގި ވޯޓުގައި، 124 ޤައުމަކުން މި ޤަރާރަށް ތާއީދުކޮށްފައި ވާއިރު، ވަކި ކޮޅަކަށް ވޯޓު ނުދޭ 43 ޤައުމު ހިމެނެއެވެ. އަދި 12 ޤައުމަކުން މި ޤަރާރާ ދެކޮޅަށް ވޯޓުދީފައިވެއެވެ.

ފަލަސްތީނުން ބުނެފައިވަނީ މިއީ "ތާރީޚީ ނިންމުމެއް" ކަމުގައެވެ.

"އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޣައިރު ޤާނޫނީ ގޮތުން ތިބުން ލަސްނުކޮށް ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި މިކަން ކޮށް ނިންމަން" ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން، އިޒްރޭލުން ބިންތަައް ހިސޯރުކޮށްގެން ތިބިތިބުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ދިނުމަށް ވެސް ގަރާރުގައި އިޒްރޭލަށް ގޮވާލާފައިވެއެވެ.

އާންމު މަޖިލީހުން މި ޤަރާރު ފާސްކޮށްފައި މިވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ތިބޭ ތިބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ދެކޭ ކަމަށް ބުނެ ރައުޔެއް ނެރެފައިވަނިކޮށްނެވެ.

ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަސައްކަތް ކުރާކަމަށް ބުނާ އެމެރިކާ، ބުދަ ދުވަހު ޔޫއެންޖީއޭގެ ޤަރާރާ ދެކޮޅަށް އިޒްރޭލާއެކު ވޯޓުދިންކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ، ޗެކިއާ، ހަންގޭރީ، އާޖެންޓީނާ އަދި ބައެއް ކުދި ޕެސިފިކް ޖަޒީރާ ޤައުމުތަކުންނެވެ.

މި ޤަރާރު ހުށަހެޅީ އދ ގައި ދާއިމީ އޮބްޒާވަރ ދައުލަތެއްގެ ގޮތުގައި އޮތް ފަލަސްތީނުންނެވެ.

ފަލަސްތީނު އޮތޯރިޓީގެ ރައީސް މަޙްމޫދު އައްބާސް މި ޤަރާރަށް މަރުޙަބާ ވިދާޅުވެ، ދުނިޔޭގެ ޤައުމުތަކަށް ގޮވާލެއްވީ މި ޤަރާރަށް ތަބާވުމަށް އިޒްރޭލަށް ބާރުއެޅުމަށް ފިޔަވަޅުތައް އެޅުމަށެވެ.

ޔޫންއެން ޖެނެރަލް އެސެމްބްލީއިޒްރޭލްފަލަސްތީނުޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު