ޣައްޒާ އިން 20 މީހުން ޝަހީދު ކޮށްލައިފި
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 41،206 ފަލަސްތީން މީހުން މިހާތަނަށް ވަނީ ޝަހީދުވެފައި

2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހު، ޣައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ އަރަބް ހޮސްޕިޓަލް ގައި، އެއް ޢާއިލާގެ ފަސް މެންބަރުންގެ ހަށިތަކުގެ ކައިރީގައި އެ ޢާއިލާގެ މެންބަރުން
އިޒްރޭލު ސިފައިން ހޯމަވިލޭރެއާއި ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް މަރުގެ ޙަމަލާތައް ދީފިއެވެ. ނުސެއިރާތު ކޭމްޕުގައި މަދުވެގެން 10 މީހުން ޝަހީދުކޮށް، އަދި ޣައްޒާ ސިޓީގެ ޒައިތޫން އަދި ޝެއިޚް ރަޟްވާން ސަރަޙައްދުތަކަށް އަމާޒުކޒުކޮށް އިތުރު 10 ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން، މަސްތަކެއް ވަންދެން އިންކާރުކުރުމަށްފަހު، ފާއިތުވި ނޮވެމްބަރުމަހު ހަމާސް އިން ޣައްޒާގައި ހައްޔަރުކޮށްފައި ތިއްބާ މަރުވި އިޒްރޭލުގެ ތިން މީހުން މަރުވެފައިވަނީ އިޒްރޭލު ސިފައިންގެ ވައިގެ ހަމަލާއެއްގައި ކަމަށް ގަބޫލު ކުރާކަމަށް އެންމެ ފަހުން ބުނެފިއެވެ.
ޔަމަނުގެ ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ ދިފާއު ފޫއަޅުވާލުމަށް ފަހު އިޒްރޭލުގެ އެންމެ އެތެރެއަށް ފޯރައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހަމަލާގެ ބޮޑު އަގެއް ހޫތީން ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 41،206 ފަލަސްތީން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން 95،337 މީހުން ވަނީ ޒަޚަމްވެފައެވެ.






